
ވިލާތުގެ ސަލާމަތީ ބާރުތައް ވަރުގަދަ ކުރަންޖެހޭ

ރިޟްވާން މޫސާ - 14 ފެބްރުއަރީ 2026 - 14:19
ވިލާތުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށާއި، ވިލާތާއާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުންތައް އަލުން އިޔާދަ ކުރަން ޖެހިފައިވާ ކަމުގައި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުގެ ވެރިން ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގައި ކުރިއަށްދާ މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް އަދި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން ވިދާޅުވީ ވިލާތުގެ ސަލާމަތީ ބާރުތައް ވަރަށް ބޮޑަށް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.
މެޔަޓްޒް ވިދާޅުވީ، ވިލާތުގެ ނިއުކްލިޔަރ ދިފާޢީ ޤާބިލުކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ފަރަންސޭސިވިލާތާ އެކު މަޝްވަރާތައް ފަށާފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ، އެމެރިކާއާ ދެމެދު ހީނަރުވެފައިވާ ގުޅުންތައް އަލުން އިޔާދަ ކުރުމަށް ޓަކައި، ވިލާތުގެ ޤައުމުތަކަކީ ދިފާޢީ ގޮތުން ބާރުގަދަ ސަރަޙައްދެއްގެ ގޮތުގައި ޤާއިމު ކުރަން ޖެހޭ ކަމުގައެވެ.
މެކްޚްރޮން ވިދާޅުވީ، ރަޝިޔާގެ ފުށުން ވިލާތުގެ ޤައުމުތަކަށް އޮތް ނުރައްކާތެރިކަން ފިލައިގެންދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، ވިލާތަކީ ބާރުގަދަ ސަރަޙައްދަކަށް ހަދަން ޖެހޭ ކަމުގައި އޭނާ ވެސް ވިދާޅުވިއެވެ. ވިލާތުގެ ޤައުމުތަކުގައި މި ވަގުތު އަމަލު ކުރަމުންދާ ދިފާޢީ ނިޒާމަކީ ފިނިހަނގުރާމައިގެ ދުވަސްވަރު އެކުލަވައިލާފައިވާ ނިޒާމެއް ކަމަށާއި، އެ ނިޒާމު ހަރުދަނާކޮށް އަދާހަމަ ކުރަން ޖެހިފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގެ އެޖެންޑާގައި އެންމެ ކުރީގައި އޮތީ އެމެރިކާއާއި ވިލާތުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ވާހަކައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
17 ގަޑިއިރު ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
ދުވަހެއް ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
ދުވަހެއް ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
2 ދުވަސް ކުރިން


