logo

ކަނެކްޓިވިޓީ ޕްރޮޖެކްޓުތަކަށް ފައިސާ ހޯދަން އޭއައިއައިބީއާއެކު މަޝްވަރާކޮށްފި

profile

ޝުރުފާ މުހަންމަދު - 23 ޖުލައި 2024 - 17:12

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ޗައިބާގެ އޭއައިއައި ބޭންކާއި އެކު ބޭއްވި ބައްދަލުވުން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ޗައިބާގެ އޭއައިއައި ބޭންކާއި އެކު ބޭއްވި ބައްދަލުވުން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހިންގާ އިގްތިސާދީ އަދި ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދަން ، ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކާއި އެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި މިނިސްޓަރާއި އެކު ފިނޭންސް މިނިސްޓަރ ޑރ. މުހަންމަދު ޝަފީގާއި، ކޮންސްޓަކްޝަން މިނިސްޓަރ ޑރ. އަބްުﷲ މުއްތަލިބްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ޕްރެޒިޑެންޓް ޖިން ލިކުންއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މި ސަރުކާރުގެ ސިޔާސަތުތަކުގައި ހިމެނޭ ކަނެކްޓިވިޓީ ޕރޮޖެކްޓުތަކާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ބޭންކުން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފަ އެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލޭ ވޭސްޓް އެނަރޖީ ޕްރޮޖެކްޓަށް ބޭންކުން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާ ކުރެއްވި އެވެ.

ފޮރިންގ މިނިސްޓަރގެ މިދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވެސް ބާއްވާފައި ވެއެވެ. އެ ބައްދަލުވުން ބޭއްވި އިއްޔެ އެ ގައުމުގެ ޚާރިޖީ ވަޒީރާ އެކުގަ އެވެ. މީގެ އިތުރަށް އެ ގައުމުގެ އެކި ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައިވާއިރު، މިނިސްޓަރގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މާދަމާ އެވެ.


tel:+9607331319