logo

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން 'ކާނިވާ 44' ބާއްވަނީ!

profile

ރިޟްވާން މޫސާ - 10 ނޮވެމްބަރު 2026 - 08:41

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ކާނިވާ 44' މާދަމާ، 11 ނޮވެންބަރުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފި އެވެ.

https://wamco.com.mv/

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކާނިވަލުގައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވިޔަފާރިކުރުމާއި އާއިލީ ގުޅުން ބަދަހިކުރެވޭނެ ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދެއްވަ އެވެ.

undefined

ބީއެމްއެލް އިން ބުނީ މި އަހަރުގެ ކާނިވަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ޕްރޮމޯޝަން ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ.

undefined

އިނާމުތަކުގެ ތެރޭގައި 5 މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލު ހިމެނެއެވެ. ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ނޮވެންބަރު 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.

undefined

ނޮވެންބަރު 11 އިން 14 އަށް ކުރިއަށްދާ މި ކާނިވާގައި އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކުގެ އިތުރުން، ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ހިމެނޭނެއެވެ.

undefined

ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

https://wamco.com.mv/
tel:+9607331319