
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި!

ރިޟްވާން މޫސާ - 10 ނޮވެމްބަރު 2026 - 06:35
ބޯކޮށް ވާރޭވެހި 40 މޭލަށް ވައިގަދަވާނެތީ ސަމާލުވުމަށް އަންގާ ބައެއް ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާރޓް ނެރެފައިވާއިރު މި ދުވަސްވަރަކީ ވިއްރާ ދުވަސްވަރަކަށް ވުމާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއިބެހޭ އިދާރާއިން ވަނީ މުޅި ރާއްޖެ އަށްވެސް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
ގުގުރުމާއި އެކު މުޅި ރާއްޖެއަށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތައް ފިޔަވާ ދެން ހުރި ސަރަހައްދުތަކަށް ގަޑިއަކު35 މޭލަށް ވައިޖެހި ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ބ އަތޮޅުން ވ އަތޮޅުގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެ އެވެ. މި އެލާޓެ ނެރެފައިވަނީ މިއަދުގެ 11 ޖެހުމާއި ހަމައަށެވެ.
ފާއިތުވި 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ހިމަންދޫއަށް ކަމަށް ވެސް މޫސުމާއިބެހޭ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މާދަމާ އަލިވާން ފަށާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާގެ ކާރުހާނާއެއްގައި ހިނގި ހާދިސާއެއްގައި 3 މީހުން މަރުވެއްޖެ!
2 ގަޑިއިރު ކުރިން

ރަސްމާލެ ޑީލުން ލިބޭ ގެއްލުމުގެ ބަދަލު ނަގާނީ ރައީސް މުއިއްޒުގެ ގެދޮރު ވިއްކައިގެން: އަލީ ހުސެއިން
2 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން 'ކާނިވާ 44' ބާއްވަނީ!
7 ގަޑިއިރު ކުރިން

ފެންނަ ނުފެންނަ ވޯޓެއް ނުނަގަން ރައީސް ވިދާޅުވުމުން އެކަމުގައި އޮޅުވާލުން އެބަ އޮތް: ފައިސަލް ނަސީމް
8 ގަޑިއިރު ކުރިން


