logo

ފެންނަ ނުފެންނަ ވޯޓެއް ނުނަގަން ރައީސް ވިދާޅުވުމުން އެކަމުގައި އޮޅުވާލުން އެބަ އޮތް: ފައިސަލް ނަސީމް

profile

ރިޟްވާން މޫސާ - 10 ނޮވެމްބަރު 2026 - 08:22

ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ވިއްކާލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެލެއްވުމުން އެކަމުން އެނގިގެން ދަނީ އެކަމުގައި އޮޅުވާލުންތަކެއް އެބަހުރި ކަމަށް ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަސްމާލޭގެ މައްސަލަ އާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ސަރުކާރުން ނިންމާފައިވޭތޯ ސުވާލުކުރުމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ "ރަސްމާލެ މައްސަލަ އާއި ގުޅޭގޮތުން އެއްވެސް ރައްޔިތެއްގެ ފަރާތުން އެއީ ކުރަން ފެންނަ ކަމެއްތޯ ނުވަތަ ނޫންތޯ ވެސް ނާހާނެ ކަމަށާި، ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ" ކަމަށެވެ.

މި މައްސަލަ އަކީ ރައްޔިތުންގެ މެދުގައި ވަށް ބޮޑެތި ކަންބޮޑވުންތަކެއް ހުރި މައްސަލަ އަކަށްވާއިރު މި މައްސަލަ އާއި ގުޅޭގޮތުން މިހާތަނަށް އެއްވެސ މައުލޫމާތެއްވެސް ސަރުކާރުގެ ފަރާތުން ހާމަކޮށްފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

މިކަމާއިގުޅޭގޮތުން ފައިސަލް ނަސީމް ވިދާޅުވީ މި ކަމަކީ "އަޑި ނޭނގޭ ބޮޑެތި އޮޅުވާލުންތަކެއް އޮތް ކަމެއް" ކަން ރައީސް ޑރ މުއިއްޒު ނިންމެވި ނިންމެވުމުންވެސް އެނގިގެނދާ ކަމަށެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ގޮތުން ކޮންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު ރައްޔިތުންގެ ރުހުން ހޯދަން ޖެހޭކަށެވެ. އަދި ވިދާޅުވީ ގައުމެއް ބިނާވެގެން ވަނީ ރައްޔިތުންގެ މައްޗަށް ކަމަށާއި ގައުމު ކުރިއަށްގެންދަން ޖެހެނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާއިރު ރައްޔިތުން ބޭނުންވާ ގޮތް ނުބަލަނީ ކިހިިނެއް ވެގެންތޯ ފައިސަލް ވަނީ ސުވާލު އުފައްދަވާފަ އެވެ.

https://wamco.com.mv/
tel:+9607331319