logo

އިންޑިއާގެ ކާރުހާނާއެއްގައި ހިނގި ހާދިސާއެއްގައި 3 މީހުން މަރުވެއްޖެ!

profile

ރިޟްވާން މޫސާ - 10 ނޮވެމްބަރު 2026 - 13:47

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ތަމިލް ނާޑޫގައި ހުންނަ، އެޕަލް ކުންފުނީގެ އައިފޯނަށް ބޭނުންވާ ސާމާނު އުފައްދާ ޓާޓާ އިލެކްޓްރޯނިކްސް ކާރުހާނާއެއްގައި މަސައްކަތްކުރާ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ތިން މީހަކު މަރުވެއްޖެއެވެ.

https://wamco.com.mv/

ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާ، އެޕަލް ކުންފުންޏާއި ޓާޓާގެ އިތުރުން ކަމާބެހޭ އިދާރާތަކުން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ސަރުކާރުގެ އޮފިޝަލުންނާއި މިކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން ބުނެއެވެ.

އިންޑިއާގައި އައިފޯން އެސެމްބަލްކުރާ މިންވަރުގެ ގާތްގަނޑަކަށް 40 އިންސައްތަ ހިއްސާކުރަނީ ސޯލްޓް ޓު އޭވިއޭޝަން ޓާޓާ ގްރޫޕުގެ އިލެކްޓްރޯނިކްސް ޔުނިޓުން ކަމަށްވާއިރު ބާކީ ބައި ހިއްސާކުރަނީ ފޮކްސްކޮން ކުންފުނިންނެވެ. މީގެ ކުރިން ވެސް ޓާޓާގެ އައިފޯން އުފައްދާ މަސައްކަތްތަކަށް ރެންސަމްވެއާ ހަމަލާތަކެއް އަމާޒުވެ، އޭރު ބާޒާރަށް ނުނެރޭ އައިފޯން 18 ޕްރޯއާ ގުޅޭ ލިޔެކިޔުންތަކެއް ލީކުވުމާއި، ފެން ތަޣައްޔަރުވުމުގެ މައްސަލަތަކެއް ވެސް ފާއިތުވި މަސްތަކުގައި ފެންމަތިވެފައިވެއެވެ.

ތަމިލް ނާޑޫގެ ހޯސޫރުގައި ހުންނަ މި ކާރުހާނައިގައި މި ހާދިސާ ހިނގާފައިވަނީ ނަލްކޯ ވޯޓާ އިން ހިންގާ ފެން ސާފުކުރާ ޕްލާންޓެއް މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު ތިން މުވައްޒަފުންނަށެވެ.

އެމެރިކާގެ "އީކޯލެބް" ގެ ދަށުން ހިންގާ "ނަލްކޯ ވޯޓާ" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަރުވި ތިން މުވައްޒަފުންނަކީ އެ ކުންފުނީގެ ސަބް-ކޮންޓްރެކްޓަރެއްގެ ދަށުން މަސައްކަތްކުރާ ބައެއް ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ އެ ކުންފުނިން ހިންގާ ފެސިލިޓީއެއްގެ ތެރޭގައި ކަމަށެވެ.

https://wamco.com.mv/
tel:+9607331319