
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، ފޮޓޯ: ސޯޝަލް މީޑިއާ
ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވެ، އެމީހުންގެ ޓައުންތައް ގާއިމްނުކުރެވި އޮތީ "ޓަކާ ގްރޫޕް"ގެ ސަބަބުން: މަލީހް

އާމިނަތު ޝަޒްލާ - 19 ނޮވެމްބަރު 2026 - 13:09
ދިވެހިރާއްޖޭގައި އެހެން ދީންތައް ފަތުރައި، ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކޮށް އެމީހުންގެ ޓައުންތައް މި ފަސްގަނޑުގައި ގާއިމް ނުކުރެވި މިހާތަނަށް އޮތީ "ޓަކާ ގްރޫޕް"ގެ ސަބަބުން ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ މި ޕޯސްޓް ކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ހިއްސާކުރެއްވި ވާހަކަފުޅަކާ ގުޅިގެން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވަމުންނެވެ. އެ ޚަބަރުގައި ރައީސް ނަޝީދާ ހަވާލާދީ ބުނެފައިވަނީ "ޓަކާ ޓަކާ ގޮވައިގެން ދިވެހިންނަށް ލިބެންއޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ރޭވުމެއް" ކަމަށެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން މަލީހް ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ވަހުދަތާއި މިނިވަންކަން ދިފާއުކުރުމުގައި އެ ފަރާތްތަކުން އަދާކުރި ދައުރަށް ދިވެހިން ފަޚުރުވެރިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން ދަނީ "ގައުމައްޓަކާ، ދީނަށްޓަކާ، ވަތަނައްޓަކާ އަދި ފަސްގަނޑަށްޓަކާ" ކަމަށް ވަރަށް ހަރުއަޑުން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި "ޓަކާ" މި ލަފްޒު ފަހަކަށް އައިސް ބޭނުންކުރެވެމުން ދަނީ ދީނާއި ގައުމީ މަސްލަހަތު އިސްކޮށް، ބޭރުގެ ނުފޫޒުތަކާއި އެހެން ދީންތަކުގެ ފިކުރުތައް ރާއްޖެއަށް ވެރިވިޔަ ނުދިނުމަށް ވަކާލާތުކުރާ ފަރާތްތަކަށް ނިސްބަތްކޮށެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންގެ މެދުގައި، ބޭރުގެ އިންވެސްޓްމަންޓްތަކާއި ޓޫރިޒަމްގެ ތަރައްގީގެ ނަމުގައި ރާއްޖޭގެ އިސްލާމީ ސަގާފަތަށް އަސަރުކޮށްފާނެ ކަންކަމާ ގުޅޭގޮތުން ހޫނު ބަހުސްތަކެއް ވަނީ ހިނގާފައެވެ.
މަލީހް އިޝާރާތް ކުރައްވާފައިވާ ގޮތުގައި، ގައުމީ ވިސްނުމުގައި ތިބި ފަރާތްތަކުން ވަކާލާތު ނުކުރި ނަމަ، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރުމާއި، އެހެން ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުންނަށް ޚާއްސަ ސަރަހައްދުތައް ނުވަތަ ޓައުންތައް ގާއިމްކުރުމުގެ ފުރުސަތު ފަހިވެގެންދިޔައީހެވެ. މިފަދަ ކަންކަން ހުއްޓުވުމަކީ ދިވެހި ގައުމިއްޔަތާއި އިސްލާމީ އުސޫލުތައް ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލޭ މަޝްރޫޢާ ދެކޮޅަށް އަޑުއުފުލުމަށް "ރަތްރޮނގު" އެއްވުން މާދަމާރޭ
8 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ޤަވާޢިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
8 ގަޑިއިރު ކުރިން

ވޭތުވެދިޔަ 3 އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފައިވޭ: ހޯމް މިނިސްޓްރީ
8 ގަޑިއިރު ކުރިން

ކަނޑުވި ހާދިސާގައި ގެއްލުނު މިންހާޖު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅައިފި
8 ގަޑިއިރު ކުރިން


