logo
މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު

މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު

ކަނޑުވި ހާދިސާގައި ގެއްލުނު މިންހާޖު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅައިފި

profile

އާމިނަތު ޝަޒްލާ - 19 ނޮވެމްބަރު 2026 - 12:20

މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު މަރުވެފައިވާ ކަމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފިއެވެ.

https://wamco.com.mv/

ކޯޓުން މިގޮތަށް ނިންމީ އޭނާ ގެއްލުނު ފަހުން ގިނަ ދުވަސްތަކެއް ވެފައިވާތީ، ޝަރުއީ އަދި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މި ލޯންޗު މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ފުރީ މިންހާޖުގެ އިތުރުން އެހެން ފިރިހެނަކާއެކު ދެ މީހުންނާއެކުގައެވެ. މި ދަތުރުގެ ތެރޭގައި ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ ފެނުނީ އއ. މާޅޮސް ކައިރިންނެވެ.

މި ހާދިސާ ހިނގި ދުވަސްވަރު ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުން، ލޯންޗުގައި އިން އަނެއް މީހާ ވަނީ އއ. ފެރިދޫ ފުއްޓަރު ފަރާތުން ދިރިހުއްޓާ ފެނިފައެވެ. ނަމަވެސް، އެ ހާދިސާއަށްފަހު މިންހާޖު ހޯދުމަށް ސިފައިންނާއި ފުލުހުން ކަނޑާއި ވައިގެ މަގުން ފުޅާ ދާއިރާއެއްގައި ބޮޑު އޮޕަރޭޝަނެއް ހިންގި ނަމަވެސް، އޭނާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

ރާއްޖޭގެ ގާނޫނީ އަދި އިސްލާމީ ޝަރީއަތުގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން، މީހަކު ގެއްލިގެން ހޯދާތާ ގިނަ ދުވަސްތަކެއް ވެ، ދިރިހުރިކަމުގެ އެއްވެސް ޚަބަރެއް ނުލިބިއްޖެނަމަ، އެމީހަކީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމުގެ ބާރު ޝަރުއީ ކޯޓުތަކަށް އޮވެއެވެ.

ހިތަދޫ ކޯޓުން މި ނިންމުން ނިންމާފައިވަނީ މިންހާޖު ހޯދުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކަށާއި، ހާދިސާ ހިނގި ގޮތުގެ ވަށައިގެންވާ ހުރިހާ ކަންކަމަށް ޝަރުއީ ހަމަތަކުގެ މަތިން ރިއާޔަތްކުރުމަށް ފަހުގައެވެ.

https://wamco.com.mv/
tel:+9607331319