.jpg&w=3840&q=75)
އިމިގްރޭޝަނުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑް އޮަޕަރޭޝަން / އިމިގްރޭޝަން
ޤަވާޢިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 19 ނޮވެމްބަރު 2026 - 12:21
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކްތަކެއް ބަލައިފާސްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސް ގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކް ފޯހުން އިއްޔެ ކުރިއަށްގެންދިޔަ މި އިންސްޕެކްޝަނުގައި، ޖުމްލަ 13 ބިދޭސީއެއްގެ ވިސާއާއި ލިޔެކިޔުންތައް ޗެކްކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ އަދި ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވެ، އެމީހުންގެ ޓައުންތައް ގާއިމްނުކުރެވި އޮތީ "ޓަކާ ގްރޫޕް"ގެ ސަބަބުން: މަލީހް
7 ގަޑިއިރު ކުރިން

ރަސްމާލޭ މަޝްރޫޢާ ދެކޮޅަށް އަޑުއުފުލުމަށް "ރަތްރޮނގު" އެއްވުން މާދަމާރޭ
8 ގަޑިއިރު ކުރިން

ވޭތުވެދިޔަ 3 އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފައިވޭ: ހޯމް މިނިސްޓްރީ
8 ގަޑިއިރު ކުރިން

ކަނޑުވި ހާދިސާގައި ގެއްލުނު މިންހާޖު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅައިފި
8 ގަޑިއިރު ކުރިން


