
ނޮވެމްބަރު 13 ގައި ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭއްވި "ގައުމީ ހަރަކާތް" ގެ ތެރެއިން
ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ "ރަތްރޮނގު" އެއްވުން މާދަމާރޭ ބާއްވަނީ

އާމިނަތު ޝަޒްލާ - 19 ނޮވެމްބަރު 2026 - 12:40
ރައްޔިތުންގެ ބަހެއްނެތި ރަސްމާލޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމަށް މަގުފަހިވާ ގޮތަށް ކަންކަން ރާވެމުންދާތީ، އެކަމާ ދެކޮޅަށް ރައްޔިތުންގެ އަޑުއުފުލުމަށް ބާއްވާ ޚާއްޞަ "ރަތްރޮނގު" އެއްވުމުގައި ބައިވެރިވުމަށް ޢާންމުންނަށް ދަޢުވަތު އަރުވައިފިއެވެ.
މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:45 ގައެވެ.
މި ޖަލްސާ ކުރިއަށްދާނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރު ކުރިމަތީގައި ހުންނަ 1 ނަންބަރު ބަސް ސްޓޮޕް ސަރަޙައްދުގައެވެ.
މި އެއްވުމުގެ ބޭއްވުމުގެ މައިގަނޑު މަޤްޞަދެއްގެ ގޮތުގައި އިންތިޒާމުކުރާ ފަރާތްތަކުން ފާހަގަކުރަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ރަސްމާލެ މަޝްރޫޢާ ގުޅިގެން ނިންމާ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަންޖެހެއެވެ. ޚާއްޞަކޮށް ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވެފައި، ޤާނޫނުއަސާސީން ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދޭއިރު، ބޭރުގެ އެހެން ދީންތަކުގެ މީހުން ދާއިމީކޮށް ވަޒަންވެރިކުރުވުމަށް މަގުފަހިވާފަދަ އެއްވެސް ސިޔާސަތެއް ރައްޔިތުންގެ ރުހުމެއްނެތި ތަންފީޒުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ބަޔާންކުރެއެވެ.
އެހެންކަމުން، މި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، ދިވެހި ރައްޔިތުންގެ ޙައްޤުތަކާއި ދީނީ ވަޙުދަތު ދެމެހެއްޓުމަށްޓަކައި އަޑުއުފުލުމުގެ ގޮތުން ބާއްވާ މި އެއްވުމުގައި ވީހާވެސް ގިނަ ޢާންމު ރައްޔިތުން ބައިވެރިވުމަށް އިންތިޒާމުކުރާ ފަރާތުން ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވެ، އެމީހުންގެ ޓައުންތައް ގާއިމްނުކުރެވި އޮތީ "ޓަކާ ގްރޫޕް"ގެ ސަބަބުން: މަލީހް
7 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ޤަވާޢިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
8 ގަޑިއިރު ކުރިން

ވޭތުވެދިޔަ 3 އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފައިވޭ: ހޯމް މިނިސްޓްރީ
8 ގަޑިއިރު ކުރިން

ކަނޑުވި ހާދިސާގައި ގެއްލުނު މިންހާޖު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅައިފި
8 ގަޑިއިރު ކުރިން


