
ގެއްލުނު ސިފައިންގޭގެ އޮފިސަރުގެ ހަނދާނުގައި މިސްކިތެއް އަޅަނީ

ރިޟްވާން މޫސާ - 15 ނޮވެމްބަރު 2026 - 11:51
މިދިޔަ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ނިންމައިފިއެވެ.
އެ އޮޕަރޭޝަންގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތްކޮށްފައެވެ.
އެ ހާދިސާގައި ގެއްލިފައިވަނީ އިމްރާހީމްގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުއެވެ. އެ މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު ބަލައި، ބޮޑު އޮޕަރޭޝަނެއް އެމްއެންޑީއެފުން ކުރިއަށްގެންދިޔައެވެ.
ނަމަވެސް އެ އޮޕަރޭޝަން ހުއްޓާލައިފައިވާކަން މިދިޔަ ސެޕްޓެންބަރު މަހުގެ 23ގައި ސިފައިން ހާމަކުރިއެވެ.
ގދ. ތިނަދޫގައި ކުޅިވަރު މުބާރާތްތަކާއި ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތައް ހިންގާ ލޮކާސް ޖަމިއްޔާއިން، ވަނީ އިބްރާހީމް ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން، އެހީއަށް އެދިފައެވެ.
މި މިސްކިތް ބިނާކުރުމަށް ނިންމާފައިވަނީ ބަނގުލަދޭޝްގަ އެވެ. އެއީ ގާތްގަނޑަކަށް 950 އަކަފޫޓުގެ މިސްކިތެކެވެ. އެ ތަނުގައި އެއްފަހަރާ 120 މީހަކަށް ނަމާދުކުރުމުގެ އިންތިޒާމު ހަޖެހިގެންދާނެ ފަދަ ޖާގަ ތަނަވަސް މިސްކިތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ލ. ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި
12 ގަޑިއިރު ކުރިން

3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފި
12 ގަޑިއިރު ކުރިން

ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
12 ގަޑިއިރު ކުރިން

ހަރުދަނާ އިންވެސްޓްމަންޓްތަކުން ޤައުމީ ސިޔާދަތު ވަރުގަދަވާނެ: ނަޝީދު
12 ގަޑިއިރު ކުރިން


