logo
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު، ފޮޓޮ: ސޯޝަލް މީޑިއާ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު، ފޮޓޮ: ސޯޝަލް މީޑިއާ

ހަރުދަނާ އިންވެސްޓްމަންޓްތަކުން ޤައުމީ ސިޔާދަތު ވަރުގަދަވާނެ: ނަޝީދު

profile

އާމިނަތު ޝަޒްލާ - 15 ނޮވެމްބަރު 2026 - 11:45

ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަމެއް ނާންނަކަމަށާއި، އޭގެ ބަދަލުގައި އެފަދަ އިންވެސްޓްމަންޓްތަކަކީ ޤައުމީ ސިޔާދަތު އިތުރަށް ބާރުވެރިކޮށްދޭ ވަސީލަތެއްކަން ސިންގަޕޫރާއި ދެކުނު ކޮރެއާގެ ތަޖުރިބާއިން ސާބިތުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

View post on Twitter

އެ ޕޯސްޓުގައި ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އިސްތިޢުމާރީ ނުފޫޒުން ސަލާމަތްވި ގިނަ ޤައުމުތަކެއްގެ ތާރީޚާއި ތަޖުރިބާއަށް ބަލާއިރު، ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަކީ އެ ޤައުމުތަކުގެ ތަނަވަސްކަމާއި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިން މައިގަނޑު އަސާސެވެ. ނަމަވެސް، މި ދާއިރާއިން ކާމިޔާބީ ހޯދި ޤައުމުތަކުން އިސްކަންދިނީ ބޭރުގެ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ޤައުމުގެ ޤުދުރަތީ ވަސީލަތްތައް ރޯމެޓީރިއަލްގެ ގޮތުގައި ބޭރުކުރުމަށް ހުޅުވާލި ދޮރަކަށް ނުހެދުމަށެވެ. އޭގެ ބަދަލުގައި، އެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޤައުމުގައި އުފެއްދުންތެރިކަން އިތުރުކޮށް، ސިނާޢަތްތައް ފުޅާކުރުމަށް އެ ޤައުމުތަކުން ބާރުއެޅިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ސިންގަޕޫރާއި ދެކުނު ކޮރެއާ ފަދަ ޤައުމުތަކަށް ބަލާއިރު، ބޭރުގެ ފުޅާ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލަށް އެއްވެސް ލޮޅުމެއް ނާންނަ ކަމަށެވެ. އަދި އޭގެ އިދިކޮޅަށް، އެ ޤައުމުތައް ހަލުވި ދުވެއްޔެއްގައި ތަރައްޤީވެ، ލިބުނު އިޤްތިޞާދީ ބާރުވެރިކަމާއެކު އަމިއްލަ މިނިވަންކަން ހިމާޔަތްކޮށް، ދުނިޔޭގެ މައިދާނުގައި ޝަރަފުވެރި އަދި ނުފޫޒުގަދަ މަޤާމެއް ހޯދާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅަކީ، ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމުގައި ވިސްނަންޖެހޭ މުހިންމު އިޤްތިޞާދީ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތަކުގެ ސަބަބުން ޤައުމީ ސިޔާދަތަށް ނުރައްކާވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ހިއްސާކުރެއްވި ވިސްނުންފުޅެކެވެ.

https://wamco.com.mv/
tel:+9607331319