
ފިނޭންސް މިނިސްޓްރީ
3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފި

މުޙައްމަދު ފަޟްލޫން - 15 ނޮވެމްބަރު 2026 - 11:49
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް މާލީ ވުޒާރާއިން އިއުލާންކޮށްފިއެވެ.
މި ފަހަރު ވިއްކުމަށް ހުޅުވާލާފައިވަނީ މުއްދަތު ތަފާތު ހަތަރު ޓީ ބިލެކެވެ.
އޭގެ ތެރޭގައި:
28 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް 1.32 ބިލިއަން ރުފިޔާގެ ޓީ ބިލް
98 ދުވަހުގެމުއްދަތުގެ ތެރޭގައި ދެއްކުމަށް 70.2 މިލިއަން ރުފިޔާގެ ޓީ ބިލް
188 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް 50 މިލިއަން ރުފިޔާގެ ޓީ ބިލް
364 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް 1.76 ބިލިއަން ރުފިޔާގެ ޓީ ބިލް ހިމެނެއެވެ.
ޓީބިލަކީ ދަޢުލަތުގެ ބަޖެޓުގެ ޑެފިސިޓް ފޫބެއްދުމަށްޓަކައި ކުރު މުއްދަތަށް ސަރުކާރުން ނަގާ ދަރަންޏެކެވެ.
މި ބާވަތުގެ ބިލުތައް އާންމުކޮށް ވިއްކަނީ ފޭސް ވެލިއު ނުވަތަ އަސްލު އަގަށްވުރެ ކުޑަ އަގެއްގައި ނަމަވެސް، މުއްދަތު ހަމަވުމުން ސަރުކާރުން އަނބުރާ ފައިސާ ދައްކާނީ އޭގެ އަސްލު އަގުގައެވެ.
އިންވެސްޓަރުންނަށް ފައިދާ ލިބެނީ މި ދެމެދުގައިވާ ފަރަގުންނެވެ.
މި ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގައެވެ.
ރާއްޖޭގައި މިވަގުތު ޓީ ބިލްތަކުގައި މައިގަނޑު ގޮތެއްގައި އިންވެސްޓް ކުރަމުންދަނީ ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގެއްލުނު ސިފައިންގޭގެ އޮފިސަރުގެ ހަނދާނުގައި މިސްކިތެއް އަޅަނީ
12 ގަޑިއިރު ކުރިން

ލ. ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި
12 ގަޑިއިރު ކުރިން

ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
12 ގަޑިއިރު ކުރިން

ހަރުދަނާ އިންވެސްޓްމަންޓްތަކުން ޤައުމީ ސިޔާދަތު ވަރުގަދަވާނެ: ނަޝީދު
12 ގަޑިއިރު ކުރިން


