
ނައިފަރު ފަޅުތެރޭގައި އޮތް ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދިނުން
ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

މުޙައްމަދު ފަޟްލޫން - 15 ނޮވެމްބަރު 2026 - 11:49
ޅ. ނައިފަރު އުތުރު ފަރާތު ފަޅުތެރޭގައި އޮތް ދޯންޏެއް ދިޔަވަމުން ދާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ، އެ ދޯނިން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބިފައި ވަނީ މި މަހު 14ވަނަ ދުވަހުގެ ރޭ 04:18 ހާއިރުއެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު، ނައިފަރު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް، ސަބްމާސިބަލް ޕަންޕެއް ބޭނުންކޮށްގެން ދޯނީގައި ހުރި ފެން އެއްކޮށް ހިއްކައިދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިދުވަސްވަރަކީ ކަނޑުގަދަ އަދި ވިއްސާރަ ދުވަސްވަރެއް ކަމުން ކަނޑުދަތުރު ފަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ އިލްތިމާސްކުރަމުންނެވެ.
މީގެ އިތުރުން ކަނޑުދަތުރުފަތުރު ކުރާއިރު ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކަނޑުދަތުރު ކުރަން އެމްއެންޑީއެފް އާއި ކަމާއި ގުޅުންހުރި ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގެއްލުނު ސިފައިންގޭގެ އޮފިސަރުގެ ހަނދާނުގައި މިސްކިތެއް އަޅަނީ
12 ގަޑިއިރު ކުރިން

ލ. ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި
12 ގަޑިއިރު ކުރިން

3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފި
12 ގަޑިއިރު ކުރިން

ހަރުދަނާ އިންވެސްޓްމަންޓްތަކުން ޤައުމީ ސިޔާދަތު ވަރުގަދަވާނެ: ނަޝީދު
12 ގަޑިއިރު ކުރިން


