
ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ޕޫޓިން އަށް ޒެލެންސްކީގެ ފާޑުކިއުންތަކެއް!

ރިޟްވާން މޫސާ - 28 ނޮވެމްބަރު 2026 - 06:21
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ދެމެދު އޮތް ގާތް ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ވޮޝިންޓަނުން ގެންގުޅޭ ސިޔާސަތުތަކާއި، ސުލްހައިގެ މަޝްވަރާތަކުގައި ޔޫކްރެއިނަށް ބޭނުންވާ މުހިންމު ވައިގެ ދިފާއީ ނިޒާމުތައް ފޯރުކޮށްދިނުމުގައި ލަސްވަމުންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޒެލެންސްކީ ވަނީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި ރަޝިއާއަށް ބާރު އެޅުމުގައި އެމެރިކާ ނުކުޅެދިފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވާފަ އެވެ. އަދި އަބޫދާބީގައި އެމެރިކާގެ މެދުވެރިކަމާއެކު ދާދިފަހުން ކުރިއަށްދިޔަ މަޝްވަރާތަކުން މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި، އަންނަ ޑިސެމްބަރު މަހު އަލުން މަޝްވަރާތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިއާގެ ބެލިސްޓިކް މިސައިލްތަކުން ދިފާއުވުމަށް ބޭނުންވާ އިންޓަރސެޕްޓަރ މިސައިލްތަކުގެ ދަތިކަން ޔޫކްރެއިނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. މި ތަކެތީގެ ދަތިކަމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލެމުންދާ ކަމަށާއި، ޔޫކްރެއިނަށްވުރެ ބޮޑަށް މެދުއިރުމައްޗަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވޮޝިންޓަނުން އިސްކަންދޭތީ އެކަމަށް އޭނާ ފާޑުވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

2028 ގެ އިންތިޙާބުގައި ރައީސް މުއިއްޒު ބަލިކުރާނީ އެމްޑީޕީ އަންހެނުން ނުކުމެ: ޒާޔާ
13 ގަޑިއިރު ކުރިން

ޕީއެންސީގެ މެންބަރުން ކޮރޮޕްޝަނުގައި ޖެހި ގައުމުގެ މިނިވަންކަމަށް ނުރައްކާވެއްޖެ: މައުރޫފް
13 ގަޑިއިރު ކުރިން
.webp&w=3840&q=75)
ދައުލަތުގެ ދަރަނި 156.7 ބިލިއަން ރުފިޔާއަށް އަރައިފި
13 ގަޑިއިރު ކުރިން

"އެމްޑީޕީގެ ގައުމީ މަޖިލިސް" މާރިޔާ، އީވާ، އަމްރު، އަލީ އާޒިމް ވެސް ވަނީ ހޮވިފަ
18 ގަޑިއިރު ކުރިން


