
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ފަރުޝަތު
މީޑިއާ ކޮމިޝަންގެ ރައީސް ކަމުން ފަރުޝަތު އިސްތިއުފާ ދެއްވައިފި

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 08:01
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ފަރުޝަތު، އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ފަރުޝަތު ވިދާޅުވެފައިވަނީ، ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާއެކު ކުރިއަށްގެންދިއުމަށާއި، ހުރިހާ މީޑިއާތަކަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފުރުސަތުތައް ފަހިކޮށްދިނުމުގައި ހައްލުނުކުރެވޭ ފަދަ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އިންސާފުވެރި ނިޒާމެއްގެ ތެރެއިން އެ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެއްވި މަސައްކަތްތައް ކާމިޔާބުވެފައި ނުވާތީ، މިއަދުން ފެށިގެން މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވީ ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައެވެ.
ފަރުޝަތު މީޑިއާ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި
26 މިނިޓު ކުރިން

ގދ. އަތޮޅުގަ ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯއިން މަގުމަތީގެ ރައްކާތެރިކަމަށް މުހިންމު މެސެޖުތަކެއް ދީފި
27 މިނިޓު ކުރިން

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
28 މިނިޓު ކުރިން

ވެރިކަމަށް އަންނަ ކޮންމެ މީހަކަށް ގައުމު ފެންނަނީ އެމީހެއްގެ ބައްޕަގެ ތަރިކަ މުދާގަނދެއްހެން: އަލީ ރަމީޒް
30 މިނިޓު ކުރިން


