
ރޭގެ ޖަލްސާގައި ޖިހާދު ވާހަކަ ދައްކަނީ
ތިނަދޫ ސިޓީ ވެގެންދާނީ ދެވަނަ މާލެއަށް، ޤާސިމަށް ވޯޓު ދެއްވާ - ޖިހާދު

އަހުމަދު ޒަލީފު - 05 ސެޕްޓެމްބަރު 2023 - 16:34
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ވޯޓު ދެއްވައިފިނަމަ މާލެ ފެންވަރަށް ތިނަދޫ ސިޓީ ތަރައްޤީ ކުރައްވާނެ ކަމަށާއި، އެހެންކަމުން، ތިނަދޫ ހުރިހާ ރައްޔިތުންވެސް ޤާސިމަށް ވޯޓު ދެއްވުމަށް އެދޭ ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ޖިހާދު މިފަދައިން ވިދާޅުވީ، ތިނަދޫ ސިޓީގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަޅުގަނޑު ޤާސިމާއެކު މަސައްކަތް ކުރިން، އެވަރުގެ ހީވާގި ބޭފުޅަކާ އެކު އަޅުގަނޑު މަސައްކަތް ނުކުރަން. އަޅުގަނޑު އެދެން ހުރިހާ ބޭފުޅުން ވޯޓު ދެއްވުމަށް. އޭރަށް ތިނަދޫ ރައްޔިތުން ދެރަވާކަށް ނުޖެހޭނެ - ޖިހާދު ވިދާޅުވިއެވެ.
ޖިހާދު އިތުރަށް ވިދާޅުވީ، ޤާސިމް އިބްރާޙިމަކީ ތިނަދޫގެ ކެނޑިޑޭޓް ކަމަށާއި، ތިނަދޫއަށް ބޭނުންވާ ހުރިހާ ކަމެއް ޤާސިމްގެ ވެރިކަމެއްގައި ހަމަޖެހިގެންދާނެ ކަމަށް ޖިހާދު ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ބޭސް ފަރުވާ ހޯދުމައް ސަލާން ޖަހަން ނުޖެހޭނެކަމަށާއި ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރެވިއްޖެނަމަ، ރައްޔިތުން އުފަލުން ފޮޅޭނެ ކަމަށްވެސް ޤާސިމް ވަނީ ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ، މެނިފެސްޓޯގައި ހިމެނޭ ބައެއް މުހިންމު ކަންތަކަކީ ރާއްޖޭގައި އެސްއެމްއީ ސެކްޓާ ސްމޯލް އަދި ބިޒްނެސް މީޑިއަމް ސެކްޓާއަށް ގެންނަން ޖެހޭ ބަދަލުތަކާއި ކުޑަ ވިޔަފާރިތަކަށް ލޯންއާއި ލޯންގެ އިންޓްރެސްޓްގެ ކަންކަން ކަމަށެވެ.
"ހަމަ އެއާއެކު ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ޖީޑީޕީ ޖެހޭވަރު އިތުރު ކުރަން މެނިފެސްޓޯގައި ހިމެނިގެންދާނެ“ ޖިހާދު ވިދާޅުވިއެވެ.
މި މެނިފެސްޓޯ ތަންފީޒް ކުރެވިއްޖެނަމަ ރައްޔިތުން ތިބޭނީ އުފަލުން ފޮޅިފަކަމަށް ޖިހާދް ވިދާޅުވިއެވެ.
ޖޭޕީގެ މެނިފެސްޓޯ ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ޖިހާދު ވިދާޅުވީ އަދި ގާސިމްގެ ވެރިކަމެއްގައި ކިޔަވާ ކުދިންގެ ސްޓޫޑެންޓް ލޯން އައް އެއްވެސް ފައިސާއެއް ދައްކާކައް ނުޖެހޭނެ ކަމަށެވެ.
ޖިހާދް ވިދާޅުވާ ގޮތުގައި މެނިފެސްޓޯ ފެށުމުގެ ކުރިން ޖޭޕީއިން ވަނީ 80 ބައްދަލުވުން ބާއްވާ 200 އައް ވުރެއް ގިނަ ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާކޮއްފައެވެ. އަދި ފުރަތަމަ ހާލަތު ތަހުލީލުކޮށް، މިހާރުގެ ހާލަތު ދެނެގަތުމަށް ކުރެވިދާނެ ކަންކަމަކީ ކުރީގެ ސަރުކާރުގެ މީހުންނާއި މިހާރުގެ ސަރުކާރުގެ މީހުންނާ، އަމިއްލަ ފަރާއްތަކާއި އަމިއްލަ ކުންފުނި ތަކުގެ ހިޔާލުތައް ހޯދައި ރާއްޖޭގެ ހުރި މައްސަލަތަކަކީީ ކޮބައިތޯ ބެލި ކަމަށް ޖިހާދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން