
ޢަލީ ޙުސައިން
"ލޯން ނުދެއްކިއްޖެނަމަ މިޤައުމުން ބައެއްވެސް ވިއްކާލަން ޖެހިދާނެ"

އަހުމަދު ޒަލީފު - 30 އޯގަސްޓު 2023 - 11:55
ދިވެހި ޤައުމުގެ ނަމުގައި ނަގާފައިވާ ލޯން ނުދެއްކިއްޖެނަމަ މިޤައުމުން ބައެއްވެސް ވިއްކާލަން ޖެހިދާނެ ކަމަށާއި, ދާދި މިދާކަށް ދުވަހު ސްރީލަންކާއިވެސް މިފަދަ ކަންތައްތަކެއް ފެނިގެން ގޮސްފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކައި, އަޅުގަނޑުމެންގެ ދަރިންނަށްޓަކައި މި ޤައުމުގެ މުސްތަޤުބަލަށްޓަކައި ޝަހީދުވި އެތައް އަބުޠާލުންތަކެއް ދުނިޔެ ދޫކުރައްވާ ގުރުބާންވެ ދިޔައީ އެންމެ ކަމަކަށްޓަކައެވެ. އެއީ ރަށްރަށުގައި އަޅާ ބަނދަރުތަކާއި އަޅާ ތާރު މަގުތަކާއި ޓާފު ދަނޑުތަކައް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑު މި ދައްކަވަނީ އަޅުގަނޑުމެން އެކި ކަންކޮޅުތަކުގައި މި ދައްކަވަނީ މި ދިވެހި ޤައުމަށްޓަކައި, އަޅުގަނޑުމެންނަށްޓަކައި އަޅުގަނޑުމެންގެ ދަރިންނަށްޓަކައި އަޅުގަނޑުމެންގެ މުސްތަޤްބަލައްޓަކައި ޝަހީދުވި އެތައް އަބުޠާލުންތަކެއް މި ދުނިޔެ ދޫކުރައްވާފައި ހިނގައްޖެ. އެ ބޭފުޅުންގެ ލެއިން މި ޤައުމައްޓަކައި ޤުރުބާންވީ އެންމެ ކަމަކަށްޓަކައި. އެއީ ކޮންމެހެން މި ރަށްރަށުގައި އަޅާ ބަނދަރުތަކާއި އަޅާ ތާރު މަގުތަކާއި ނޫނިއްޔާ އަޅާ ޓާފު ދަނޑުތަކަކަށް ނޫން. އެ ޤުރުބާނީ ހަޤީގަތުގައި އެ ބޭފުޅުން އެވީ މި ދިވެހި ޤައުމު މިނިވަން ކަމުގައި މިނިވަން ޤައުމެއް ގޮތުގައި ބޭއްވުމައްޓަކައި." އަލީ ހުސެއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި މި ދަތުރު ތަކުގައި ހަނިމާދޫއިން ފެނިގެންދިޔައީ އެ ހިސާބުގައި އިންޑިއާގެ ސިފައިން ތިބި މަންޒަރު ކަމަށާއި, ފެނިގެން މި ދަނީ މާލޭގަ ހުރި "ޑިފެންސް މިނިސްޓްރީ" އަށް ބޭރު ޤައުމެއްގެ ސަފީރެއްގެ ކާރުކޮޅު ވަދެގެންދާ މަންޒަރު ކަމަށާއި, އަދި ލ.އަތޮޅާއި އައްޑު އަތޮޅުގައިވެސް އިންޑިއާ ސިފައިން އެބަތިބި ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ދިވެހި ޤައުމުގެ ނަމުގައި ނަގާފައިވާ ލޯން ނުދެއްކިއްޖެނަމަ މިޤައުމުން ބައެއްވެސް ވިއްކާލަން ޖެހިދާނެ ކަމަށާއި, ދާދި މިދާކަށް ދުވަހު ސްރީލަންކާގައި މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ކަމަށެވެ.
"އަޅުގަނޑުމެން ގެއެއް އަޅަން ލޯނު ނަގާ އެ ނުދެއްކުނީމާ ދެން ވާގޮތަކީ ކޯޓުން ކުރާނީ ހުކުމް. ގެއިން ޖެހޭނީ ނިކުންނަން. ގެ ވިއްކާލަން ޖެހޭނީ. ހަމަ އެގޮތް މެދުވެރިވާނެ ދިވެހި ޤައުމުގެ ނަމުގައި ނަގާފަހުރި ލޯނުތައް އަޅުގަނޑުމެނައް ނުދެއްކިއްޖެނަމަ އަޅުގަނޑުމެންގެ ޤައުމަށް ވެސް ދިމާވާނީ އެހެން. އަޅުގަނޑުމެންގެ ޤައުމުން ބައެއް ޖެހޭނީ ވިއްކާލަން." އަލީ ހުސެއިން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ބަހެއް ނެތި ރަސްމާލެ ވިއްކައިފިނަމަ ރައީސްގެ މައްޗަށް ދައުވާކުރެވޭނެ: އަލީ ހުސައިން
3 ގަޑިއިރު ކުރިން

ރަސްމާލެ ޑީލާ ދެކޮޅަށް އުފައްދާފައިވާ ޤައުމީ ޙަރަކާތުގެ އިސް ތަރުޖަމާނަކަށް ޢަލީ ޙުސައިން!
4 ގަޑިއިރު ކުރިން

ކާރިސާތަކަށް ހޭލުންތެރިކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ
4 ގަޑިއިރު ކުރިން


