
146 ފަތުރުވެރިންނާއެކު ޗައިނާގެ ޝެންޒެން އިން ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފި

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2025 - 08:56
146 ފަތުރުވެރިންނާއެކު ޗައިނާގެ ޝެންޒެންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފިއެވެ.
ޗައިނާގެ ޝެންޒެންއަށް މޯލްޑިވިއަންގެ ފްލައިޓް ރާއްޖެއިން ފުރާފައި ވަނީ ޖުލައި ހަތް ވަނަ ދުވަހެެވެ. މި ދަތުރުތައް ކުރަނީ ތައިލެންޑްގެ ބެންކޮކްގައި ޓްރާންސިޓް ކުރުމަށް ފަހުއެވެ.
އަންނަ މަހުގެ 21 ގެ ނިޔަލަށް ކުރާ ސީޒަނަލް ދަތުރުތަކުގައި ކޮންމެ ހަފްތާއަކު އެއް ދަތުރު ކުރާނެއެވެ. އެ ސިޓީއަށް ދަތުރު ފެށީ މިދުވަސްވަރު އެ ސަރަހައްދުން ރާއްޖެއަށް އަންނަން ޑިމާންޑް ބޮޑުވުމުންނެވެ.
ޝެންޒެން ދަތުރުތަކަށް މޯލްޑިވިއަނުން ބޭނުންކުރާނީ އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ބޯޓު އޭ-320 މަރުކާގެ މަތިންދާބޯޓެވެ.
މޯލްޑިވިއަންގެ ސީޒަނަލް ދަތުުރުތައް ޗައިނާގެ ޝެންޒެންއަށް ފަށާފައިވާއިރު މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިންގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓް، އޭ-330 ގައިި ޗައިނާގެ ޗެންގްޑޫ، ބެއިޖިން އަދި ޝެންހާއީއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ސިޓީތަކަށް އަލުން ފަށާފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ އެއަރކްރާފްޓް ތަކާއި އެކުގައެވެ.
މޯލްޑިވިއަން އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ބައިވެރިއެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން