logo
ވީއައިއޭގައި ސްމާޓް ގޭޓް ހަރުކުރުން

ވީއައިއޭގައި ސްމާޓް ގޭޓް ހަރުކުރުން

ވެލާނާ އެއަރޕޯޓްގައި "ސްމާޓް ގޭޓް" ހިދުމަތް ފަށައިފި

profile

އަހުމަދު ޒަލީފު - 28 ފެބްރުއަރީ 2024 - 07:42

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި "ސްމާޓް ގޭޓް" ހިދުމަތް މިއަދު އިފްތިތާހްކޮށްފިއެވެ.

https://wamco.com.mv/

މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ޕެސެންޖަރ ޓާމިނަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހްކޮށްދެއްވާފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދާއި ކޮމިޝަނަރަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދެެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޙާޞިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެެކެެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއަދު ކަސްޓަމްސްއިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއަރޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި އަވަސް ހިދުމަތެއް ދިނުމަށް މަގުފަހި ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އެއަރޕޯޓުގެ ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމަންޓް އެޖެންސީތަކާއި ގުޅިގެން، މިއެއަރޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްދިނުމަށް ތައްޔާރަށް. މިއަދު މިފެށުނީ އޭގެތެރެއިން މުހިއްމު ކަމެއް. މީގެ ސަބަބުން ފަސިންޖަރުންނަށް ދެވޭ ޚިދުމަތް އަވަސްވެ، ދިމާވާ އިންކޮންވީނިއަންސް ހައްލުކުރެވޭނެ،". އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޓަރމިނަލްއާއި ގުޅިގެން ތަރައްގީ ކުރަންޖެހޭ ކަންކަން ހަލުވި ސްޕީޑްގައި ކުރަމުންދާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު މި އިފްތިތާހް ކުރި "ސްމާޓް ގޭޓް" ވެގެންދާނީ ދަތުރުވެރިންނަށް ފަސޭހަކަމާއި އެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރުމަށް މުހިއްމު ވަސީލަތަކަށެވެ.

މީގެ ކުރިން ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގޭޖް ސްކޭންކުރަމުންދާއިރު އިތުރަށް ބަލަންޖެހޭ ލަގޭޖްތަކުގައި ރަތް ސްޓިކަރ ހަރުކުރެވި، "ރެޑް ޗެނަލް" އިން ލަގޭޖްތައް ހުޅުވައި، އިތުރަށް ބަލާފާސްކުރަމުންގެންދެއެވެ. ނަމަވެސް ސްމާގް ގޭޓް ޚިދުމަތާއިއެކު، ކުރިން ބޭނުންކުރަމުން އައި ރަތް ސްޓިކަރގެ ބަދަލުގައި ދެން ބޭނުންކުރަމުން ދާނީ "ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރް.އެފް.އައި.ޑީ) ޓެގް" އެވެ. އެހެންކަމުން މިޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ގޮސް ކަސްޓަމްސް ކްލިއަރަންސް ހޯދަން ޖެހޭނެއެވެ. އަދި ކަސްޓަމްސް ކްލިއަރަންސް ފުރިހަމަނުކޮށް ނުކުތުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ޚިލާފްކަމެކެވެ. މިގޮތަށް ނުކުންނަ މަސައްކަތްކުރާ ދަތުރުވެރިންގެ ލަގޭޖް ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެެއެވެ. މީގެ އިތުރުން، މިޚިދުމަތާއި އެކު ގްރީން ޗެނަލްއިން ކްލިއަރަންސް ލިބެންޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި، ފުރިހަމަ ކުރެވިގެންދާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay