
މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެ

މުޙައްމަދު ފަޟްލޫން - 09 އޭޕްރީލު 2025 - 08:23
މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހާއި ފެބްރުއަރީ މަހު ރާއްޖެއިން ވަނީ 14،222.6 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައެވެ.
މިއީ ހުސްވި އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 10،526.7 މެޓްރިކްޓަނުގެ މަހާއި އަޅާބަލާއިރު 3،695.9 މެޓްރިކްޓަނު އިތުރު އަދަދެކެވެ.
މިއަހަރު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ކަޅުބިލަ މަހެވެ.
މިއަހަރުގެ ފުރަތަމަ ދެމަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް 12،791 މެޓްރިކްޓަނުގެ ފިނިކުރި ކަޅުބިލަމަސް އެކްސްޕޯޓް ކޮށްފައިވާއިރު ހުސްވި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 8903 މެޓްރިކްޓަނުގެ މަހެވެ. މިއީ 45 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު 10،402 މެޓްރިކްޓަނުގެ ކަޅުބިލަމަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 6،466 މެޓްރިކްޓަނުގެ މަހެވެ.
ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި 2468 މެޓްރިކްޓަނުގެ މަސް މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައެި އެކްސްޕޯޓް ކޮށްފައިވަނީ 2420 މެޓްރިކްޓަނުގެ މަހެވެ.
ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދު މިއަަހަރުގެ ފުރަތަމަ ދެމަސްދުވަހު ވަނީ 42 އިންސައްތަ ދަށަށްގޮސްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 750 މެޓްރިކްޓަނުގެ ދަޅުމަހެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި 1306 މެޓްރިކްޓަނުގެ ދަޅުމަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން