logo

އަބްދުއްރަހީމް ކުރީގެ ރައީސުންނަށް: ޝަރަފްވެރިގޮތުގައި އުޅުއްވާ!

profile

އައިޝަތު އިނާޝާ - 12 ނޮވެމްބަރު 2024 - 14:09

IMG_2735.jpeg

IMG_2735.jpeg

ރައީސުލްޖުމްޙޫރިއްޔާ ކަމުގެ ޝަރަފުވެރި މަގާމު އަދާ ކުރައްވާފައި ތިިއްބެވި ބޭފުޅުން އަޒުމު ކަނޑައަޅަންވީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ފަދަ މަސައްކަތްތަކެއް ކުރެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ތިން ދުވަހުގެ މުއްދަތަށް ޕީއެންސީއިން ކުރިއަށް ގެންދިޔަ މެމްބަރޝިޕް ޑްރައިވް ހަރަކާތް ނިންމާލުމުގެ ގޮތުން ޕާޓީ ޖަގަހައިގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން "އަސްލުޓީވީ"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވަނީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމު ރާއްޖޭގައި ތައާރަފް ކުރި ފަހުން ގިނަ ރައީސުން ރާއްޖޭގެ ވެރިކަން ކުރެއްވިކަން ފާހަގަ ކުރައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ވެރިކަމުގައި ސަރުކާރަށް ލިބެމުންދާ ތަރުހީބު އެހެން ފާޓީތަކުގެ ވެރިކަންތަކުގައި ނުލިބޭ ކަމަށެވެ. އެޮތަށް ނުލިބެނީ އެ ފަރާތްތަކުގެ އަމަލުތައް ހުރި ގޮތުން ކަމަށެެވެ. އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕާޓީތަކުން ވެރިކަމަަށް އައުމުން ފެންނަނީ ޕާޓީގެ އާއްމު މެމްބަރުންނާއި، ފެޔަށް ޖެހި ސިޔާސީ ހަރަކާތްތައް އެއްކޮށް ހުއްޓާލާ މަންޒަރު ކަމަށެވެ. ނަމަވެސް ރައީސް ޑރ މުއިއްޒު ބޭނުންފުޅުވަނީ ޕީއެންސީން ވެރިކަމުގައި އޮންނައިރު، ޕާޓީގެ މެމްބަރުންނާއި ގުޅިގެން ،ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. ރައްޔިތުންގެ އެހާ ބޮޑު ސަޕޯޓެއް ލިބެމުން މި އަންނަނީ ، އެ ސަބަބާއި ހެދި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ސަޕޯޓް ނުލިބެނީ އޭރުގައި ތިއްބެވި ބޭފުޅުން ޕާޓީ އެއްކައިރި ކޮށްލާފައި ބާއްވާ މަސައްކަތް ކުރެއްވީމަ. އަބްދުއްރަހީމް ވިދާޅުވިއެވެ.

ައަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސުން އަމަލުފުޅުތައް ހުރީ، އެ ފަރާތްތަކުގެ އަަމަލުތައް ހުންނަންޖެހޭ ފަދަ ގޮތަކަށް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސުންނަކީ ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުއްވަންޖެހޭ ފަދަ ބޭފުޅުން ކަމަށެވެ.

މި ނިޒާމުގައި އެ ޝަރަފުވެރި މަގާމު އަދާކުރައްވާފައި ތިއްބެވި ބޭފުޅުން ކޮށްދެއްވަންވީ ކަމަކީ އަޒުމު ކަނޑައަޅަންވީ ރައްޮޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ގޮތައް މަސައްކަތް ކުރަށްވަން. އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސުންގެ ޒިންމާއަކަށް ވާން ވާނީ ރައްޔިތުން އިންތިހާބު ކޮށްގެން އިންތިހާބު ކޮށްފައި ހުރި ވެރިޔަކަށް އެއްބާރުން ދެއްވުން ކަމަށާއި، ކުރީގެ ވެރިން ރީތިގޮތުގައި ޝަރަފްވެރިކޮށް އުޅުއްވަން ދަސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

https://etukuri.mv/
tel:+9607331319