logo

ލޮނުފެނުން މަސްފިނި ކުރާ ނިޒާމުގެ ލޯނަށް އަލުން ހުޅުވާލައިފި

profile

ޝުރުފާ މުހައްމަދު - 08 ޖެނުއަރީ 2025 - 14:19

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު، އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމުގެ ލޯނަށް އެދުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

https://wamco.com.mv/

މަސްވެރިންނަށް މަސް ފިނި ކުރެވޭނެ ނިޒާމުތައް ގާއިމްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް ފިޝަރީޒް މިނިސްޓްރީން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ސެޕްޓެމްބަރުމަހު އެވެ. އޭރު ހުޅުވާލި މުއްދަތު ހަމަވި އިރު ލޯނަށް އެދި ހުށަހެޅި 39 ފަރާތަކުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ލޯނަށް އެދި ހުޅުވާލުމަސް ފަހު މިނިސްޓްރީން ވަނީ މިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް މިނިސްޓްރީގެ ޓީމްތަކުން ރަށްރަށަށް ގޮސް އޮޑިވެރިންނާ ބައްދަލުވެސް ކޮށްފަ އެވެ.

މި ލޯން ސްކީމަށް އެދުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލާފައިވާއިރު، މިފަހަރު ވަނީ ލޯނަށް އެދުމުގައި ލުއިތަކެއް ވެސް ދީފަ އެވެ. އެގޮތުން އެ އޮޑިއަކީ އިންޖީން އެޅުމުގެ މަސައްކަތް ފަށާގައިވާ އޮޑިއަކަށް ވުމާއި 50 ފޫޓަށް ވުރެ އޮޑި ދިގު ވެސް ވާން ޖެހެ އެވެ. މީގެ އިތުރުން މަދުވެގެން 10 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީއެއްވެސް ހުންނަން ޖެހެ އެވެ.

އިސްލާމީ ޝަރީޢާ ހަމަތަކުގެ މަތިން ތަކެތި ގަތް އަގާއި، އަގަށް ފައިދާގެ ގޮތުގައިލާ މިންވަރު ކަނޑައަޅައިގެން ކުރިޔަށް ގެންދާ މި ލޯނު ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި އާރު.އެސް.ޑަބްލިޔު ސިސްޓަމް ފެސިލިޓީއަށް 6 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެކަމަށްވެސް ވުޒާރާއިން މައުލޫމާތުދެ އެވެ. އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލާ 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއަށް ހަމައަށް ލޯނުދޫކުރެ އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay