logo

މޯލްޑިވިއަން ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު ތާރީހުގެ ތެރެޔަށް!

profile

އައިޝަތު އިނާޝާ - 08 ޖެނުއަރީ 2025 - 10:46

ރާއްޖޭގެ އިގްތިސާދުގެ ރަން ބިސް އަޅާ ކުކުޅަކީ ފަތުރުވެރިކަމެވެ. މިއަދު ދިވެހީން ފަހުރުވެރިކަމާއެކު ގަބޫލުކުރާ ހަގީގަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ މެދުއުޑުގައި ފިޔަޖަހާ، މުޅި ދުނިޔެއަށް ގޮންޖަހާލެވޭވަރުގެ އިންޑަސްޓްރީއަކަށް ބަދަލުވެފައިވާ ކަމެވެ. ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މި ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

https://wamco.com.mv/

ރާއްޖޭގެ މި ހިތްގައިމު ރީތި މަންޒިލްތަކަށް ފަތުރުވެރިން ގެންދިއުމުގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ އެއް ބަޔަކީ ގައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަންއެވެ.

މޯލްޑިވިއަން ގެ ހިދުމަތް 2000 ވަނަ އަހަރު ފެށީ ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާއެކުގައެވެ. އޭރު ރާއްޖޭގައި އޮތީ އެންމެ ފަސް ޑޮމެސްޓިކް އެއާޕޯޓެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވިއަންއިންގެ ދަތުރުތައް ކުރަމުން އަންނައިރު، މޯލްޑިވިއަންއިން އަންނަނީ ރާއްޖޭގެ 16 ސަރަހައްދަކަށްވެސް ދަތުރުތައް ކުރަމުންނެވެ. މިއަދު މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ 11 ސީ ޕްލޭން، އެއާބަސް 321، އެއާބަސް 320 އަދި ޑޭޝް8 ގެ 9 ބޯޓެވެ.

ކޮވިޑުގެ ކުރިން މޯލްޑިވިއަން އިން އެއާބަސް އޭ330 މަރުކާގެ ވައިޑް ބޮޑީ ބޯޓެއް ގެންނަން މަސައްކަތް ކުރި ނަމަވެސް ކޮވިޑާ ގުޅިގެން އެ މަސައްކަތް އޭރު ވަނީ ހުއްޓާލާފައެވެ.

ވައިޑް ބޮޑީ އެއާކްރާފްޓް ތަކަކީ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލޭ ވަރުގެ ޖާގަ އޮންނަ، ދުރު ރާސްތާގެ ދަތުރުތަކުގައި ބޭނުންކުރާ ފުޅާ މަތިންދާބޯޓު ތަކެވެ.

undefined

ގައުމީ އެއަރލައިން މޯލްޑިވިއަނަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް، ހިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވިއަނަށް 2 ވައިޑް ބޮޑީ މަތިންދާބޯޓު އިތުރުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު ސަރުކާރުން އެ މަސައްކަތް ފެށިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދު ރަނުން ރަނަށް ފުއްދަވާ މިމަހުގެ 6 ވަނަ ދުވަހު ދިވެހިންގެ ހިތްތައް އުފަޅުން ފޮޅުވާލީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ330-200 ގެ ބޮޑު ބޯޓު ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސި އުފާވެރި ހަބަރާއެކުއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރީ ސިންގަޕޫރުންނެވެ. މި ތާރީހީ ފްލައިޓްގައި ޕައިލެންޓުންގެ ގޮތުގައި ތިބީ މުޅިން ވެސް ދިވެހި ޕައިލެޓުންނެވެ.

މޯލްޑިވިއަންގެ ހިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއާބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓުގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތްދޭނެއެވެ.، އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސްއެވެ. މި ބޯޓުގެ ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާގެ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށްއެވެ. ޓްރާންސިޓު ނުކޮށް، ދުރު މަންޒިލްތަކަށް މިބޯޓުގައި ދަތުރު ކުރެވޭނެއެވެ. ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެއެވެ.

ވައިޓް ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓް އޮކްޓޫބަރުގައި އުދުހެން ފަށާނެ ކަމަށް ވިދާޅުވެފައެވެ.

"މިއީ ފެށުމެއް، އިރާދަކުރެއްވިއްޔާ މިއަދު ފުރަތަމަ ބޯޓު އައި ކަމުގައިވިޔަސް، މީގެ ދެ ވަނަ ބޯޓު މި އަހަރުގެ އޮކްޓޯބަރު ތެރޭގައި އުދުހެން ފާށާނެ ކަމުގެ ޔަގީންކަން އަރުވަން" ރައީސް

undefined

އޮކްޓޯބަރު މަސް ތެރޭގައި މޯލްޑިވިއަން ފްލީޓަށް އިތުރު ވާ ދެވަނަ ވައިޑްބޮޑީ އެއާކްރާފްޓާއެކު އަހަރަކު 65000 ފަސެންޖަރުން ރާއްޖެ ގެނައުމަށް މަގުފަހިވާނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.

މިއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެން ދާއިރު، ރާއްޖެއަށް ލިބޭ އާމްދަނީވެސް އެތައް ގުނައަކުން އިތުރުވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ތަރައްގީގެ ކަންކަން ވަރަށް ބާރު މިނުގައި ކުރިއަރުވައި، ޤައުމަށް ތަރައްގީ ގެނައުމެވެ. އަދި އެ ތަރައްޤީއާއެކު، ހަމަޖެހުން ޤާއިމްވެ، މިނިވަންކަންކަމާއި ސިޔާދަތު ދެމެހެއްޓިގެން ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

އަހަރެއްގެ މައްޗަށް މިލިއަނަކާ ގާތަށް ފަސިންޖަރުން އުފުލަމުންދާ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓާއެކު، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއްލިބުމުގެ އިތުރުން މި ބޯޓު މިވަނީ މިއަދު ރާއްޖޭގެ ތާރީހު ފޮތުން ވެސް ޖާހަ ހޯދާފައެވެ.

މިއަދު ދިވެހިރާއްޖެ މިވަނީ ދުނިޔޭގެ ކޮންމެ ދެމަފިރިއެއްގެ މަންޒިލަކަށްވެފައެވެ. ދުނިޔޭގެ އެކި ބައްރުތަކުން އަޅުގަނޑުމެންގެ މިކުޑަކުޑަ ޖަޒީރާ ރާއްޖެ ވަނީ ދުނިޔޭގެ މަގްބޫލް ބްރޭންޑެއްގެ ގޮތުގައި ބަލައިގަނެފައެވެ. މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓާއެކު، ދިވެހި ފަތުރުވެރިކަން ވަނީ އިތުރު ހަރުފަތަކަށް ކުރިޔަށް ޖެހިލާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay