
މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަމުން އަންނަ ބޯޓެއް
ޗުއްޓީއާ ދިމާކޮށް، މޯލްޑިވިއަން އިން ދަތުރުތައް އިތުރުކޮށްފި

ޝުރުފާ މުހައްމަދު - 15 ޑިސެމްބަރު 2024 - 13:56
މި ފެށޭ ސްކޫލް ޗުއްޓީއާ ދިމާކޮށް، ގައުމީ އެއާލައިން މޯލްޑިވިއަނުން ދަތުރުތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު ވަނީ އެކަން އިއުލާން ކޮށްފައެވެ. އަދި އިތުރު ކުރި ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ ޖުމްލަ 16 ތަނަކަށް ދަތުރުކުރާ އިރު، ޗުއްޓީއާ ގުޅިގެން ދަތުރުތައް އިތުރުކޮށްފައި ވަނީ މިމަހުގެ 16 އިން ފެށިގެން 20 ވަނަ ދުވަހާ ހަމައަށެވެ.
އިތުރުކޮށްފައިވާ ދަތުރުތަކަކީ:
- ފުވައްމުލައް: 16، 17 އަދި 19 ވަނަ ދުވަހު އިތުރު ދަތުރެއް
- ހއ. ހޯރަފުށި: 16 އަދި 18 ވަނަ ދުވަހު އިތުރު ދަތުރެއް
- އައްޑޫ ގަން: 16 ވަނަ ދުވަހު އިތުރު ދަތުރެއް އޮންނާނެ؛ އަދި 18 އަދި 19ގައި ކޮންމެ ދުވަހަކު އިތުރު ދެ ދަތުރު އޮންނާނެ
- ހދ. ކުޅުދުއްފުށި: 17ގައި އިތުރު ދަތުރެއް
- ލ. ކައްދޫ: 17 އަދި 18ގައި އިތުރު ދަތުރެއް
- ށ. ފުނަދޫ: 17 އަދި 20ގައި އިތުުރު ދަތުރެއް
- ގދ. ފަރެސްމާތޮޑާ: 18ގައި އިތުރު ދަތުރެއް
- ބ. ދަރަވަންދޫ: 19ގައި އިތުރު ދަތުރެއް
- ހދ. ހަނިމާދޫ: 19ގައި އިތުރު ދަތުރެއް
- ގދ. މާވާރުލު: 20 ގައި އިތުރު ދަތުރެއް
މިއާއި އެކު ޖުމްލަ 19 ދަތުރު މޯލްޑިވިއަނުން ވަނީ އިތުރުކޮށްފަ އެވެ. މޯލްޑިވިއަނުން އަބަދުވެސް ޗުއްޓީތަކާ ދިމާކޮށް ދަތުރުތައް އިތުރުކޮށްދެ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން