logo

މަސްވެރިންނަށް ދޭންޖެހޭ 22 މިލިއަން ރުފިޔާ ދޫކޮށްފި

profile

ޝާމާ ޝުޢައިބު - 27 ނޮވެމްބަރު 2024 - 23:59

ދިވެހި މަސްވެރިން

ދިވެހި މަސްވެރިން

ކޫއްޑުއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެސްކްއަށް މިފްކޯއިން މިއަދު 22 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް އެދެ ކޮމްޕެކްސްއަށް ކިރުވި 1919 މެޓްރިކްސް ޓަނަށްވާ 28.7 މިލިއަން ރުފިޔާގެ ތެރެއިން ތެލަށް 5.7 މިލިއަން ރުފިޔާ ކެނޑުމަށް ފަހު 22.9 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފެލިވަރު ފިޝަރީޒް ކޮމްޕްލެސްއަށް ކިރާފައިވާ މަހަށް ފައިސާ ނުދެވޭކަން ފާހަގަކޮށް މިފްކޯއިން ބުނީ ދެން އެންމެ އަވަހަށް ދޫކުރާނީ އެ ފައިސާ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، އެކަން އެ ގޮތަށް ނުކުރެވެނީ އިގުތިސާދީ ދަތިތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319