logo

މަސްވެރިންނަށް ނުދީހުރި 15.1 މިލިއަން ރުފިޔާ މިއަދު ޖަމާކުރަނީ

profile

ޝާމާ ޝުޢައިބު - 31 އޮކްޓޯބަރު 2024 - 16:26

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން

މަސްވެރިންނަށް ނުދެވިހުރި 15.1 މިލިއަން ރުފިޔާ މިއަދު ޖަމާކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ މިއަދު ޖަމާކުރާނީ މިދިޔަ މަހުގެ 27އިން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނުދައްކައި ހުރި ފައިސާ ކަމަށެވެ.

މިފްކޯއިން އެކަން ހާމަކޮށްފައިވާއިރު މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މަސްވެރިންނަށް ރައްދުކުރުމަށް މިހާރު ވަނީ މިފްކޯއާ ހަވާލުކުރެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ބުދަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު، މަސްވެރިންނަށް ރައްދުކުރުމަށް މިހާރު ވަނީ މިފްކޯއާ ހަވާލުކުރެވިފައި ކަމަށެވެ.

ރައީސް ވިދާޅުވީ މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ދީ، އެންމެ ފަހުގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރައްވާނެ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، އެކަން އެ ގޮތަށް ނުކުރެވެނީ އިގުތިސާދީ ދަތިތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319