logo

ވައިރަލް ދުބާއީ ޗޮކްލެޓްގެ އަސްލު ހޯދަން ދާންވީ ޖޭޖޭ މާޓަށް!

profile

ޒިދާން މުޙައްމަދު - 02 ޖެނުއަރީ 2025 - 14:28

މި ދުވަސްވަރު ސޯޝަލްމީޑިއާ ބޭނުން ކުރާ ކޮންމެ މީހަކަށް ވެސް "ވައިރަލް ދުބާއީ ޗޮކްލެޓް" އޮންނާނީ އެނގިފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ ކްރިއޭޓަރުން މި ޗޮކްލެޓު ސީދާ ދުބާއީން ޝިޕްކޮށް ގަނެ، ރިވިއުކުރާތީ މީގެ މަޝްހޫރުކަން ދެން ވަޒަންކޮށްލާށެވެ. މި ޗޮކްލެޓު މިހާ ވައިރަލް މިވީ ހަމަ ހަގީގަތުގައި ވެސް މީރުވުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

https://wamco.com.mv/

އަހަރެމެންގެ ވީޑިއޯ ޖާނަލިސްޓް ޝާމާ ޝުއައިބުވެސް އޭގެ ޗޮކްލެޓެއް ރަހަބަލައިފައި ބުނީ، ދިހަޔަކުން އެގާރަ ކަމަށެވެ.

ހަމައެކަނި ދުބާއީން ލިބޭ އަގު ބޮޑު، މި ޗޮކްލެޓަކީ ކްރަންޗީ، ކްރީމީ ޕިސްޓާޗިއޯ ފިލިންއެއް ހިމެނޭ ޗޮކްލެޓެކެވެ. މި ޗޮކްލެޓު ފެނިފެނި ދަހިވެފައި ތިބި އެންމެނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ޖަނަވަރީމަގުގައި ހުންނަ ޖޭޖޭ މާޓުން އޮރިޖިނަލް "ވައިރަލް ދުބާއީ ޗޮކްލެޓް" ލިބެން އެބަ ހުއްޓެވެ. ސީދާ ދުބާއިން ގެނައި އޮރިޖިނަލް ޗޮކްލެޓްތަކުން، ޗޮކްލެޓްގެ ދުނިޔެއް ފަދަ ޖޭޖޭ މާޓް ވަނީ ބަރާވެފައެވެ.

ހެޔޮ އަގުގައި، ދުބާއީގެ "ކުނާފާ" ޗޮކްލެޓްގެ ތަފާތު ފްލޭވަރތައް ޖޭޖޭ މާޓުން ހިތަކަށް ލިބެން އެބަ ހުއްޓެވެ. ދުބާއީގެ ވައިރަލް ޗޮކްލެޓްގެ އަސްލު ރަހަބަލާލަން، އޭގެން ޗޮކްލެޓެއް އަޖުމަބަލާލުމަކީ މިދުވަސްވަރު ކޮންމެހެން ކޮށްލަން ސަޅި ކަމެކެވެ.

"މެންގޯ ވިތު ކުނާފާ"، "ކުނާފާ ވިތު ރަހިޝް ތަހީނާ"، "ޕިސްޓާޗިއޯ ކުނާފާ ޗޮކްލެޓް" އަދި "ހަޒްނަޓް ވިތު ކުނާފާ" ފަދަ ތަފާތު ފްލޭވަރތައް ޖޭޖޭ މާޓުން ލިބެން ހުންނާނެއެވެ.

ޗޮކްލެޓްގެ އިތުރުން ތަފާތު ވައްތަރުގެ ލުއިކާނާ، މޭވާއާއި ތަރުކާރީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި އެތަނުން ލިބެން ހުންނާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައިވެސް މި ޗޮކްލެޓަށް މިވަނީ ވަރަށް މަގުބޫލުކަމެއް ލިބިފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ މި ޗޮކްލެޓު ގޭގައި ތައްޔާރު ކުރާ ވީޑިއޯތައްވެސް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެކަމަކު ދުބާއީއަށް ނުގޮސް އަސްލު ޗޮކްލެޓު ކާލަން ބޭނުންވާ ފަރާތްތަކަށް އޮތް ހައްލަކީ ޖޭޖޭ މާޓަށް ޒިޔާރަތްކުރުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay