
މި ސަރުކާރުގެ އިގްތިސާދީ ދުވެލި އޮތީ ކޯމާއެއްގައި: އަމީރު

ރިޟްވާން މޫސާ - 17 އޯގަސްޓު 2026 - 09:33
ރާއްޖޭގެ އިގުތިޞާދު ހަލާކުކޮށްލީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށާއި، ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓްތައް ނުހިންގި ސަރުކާރުގެ އިގްތިސާދީ ދުވެލި އޮތީ ކޯމާއެއްގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
"އަސްލުޓީވީން" ގެނެސްދޭ "ބާބު" ޕްރޮގްރާމުގައި ރާްޖޭގެ އިގްތިސާދީ ހާލަތާއިމެދު ވާހަކަފުޅުދައްވަމުން އަމީރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރުން މާލެ ސަރަހައްދުގައި ބޮޑެތި މެގަ ޕްރޮޖެކްޓުތަކެއް ފަށާފައިވާ ކަމަށާއި، ފައިސާ ނެތުމުން އެއްވެސް ރަށެއްގެ މަޝްރޫއެއް ކުރިއަށް ނުގެންދެވޭ ކަމަށެވެ.
އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންގޮސް އިތުރަށް އަލަށް މަޝްރޫއުތައް ހިންމުމަކީ ދައުލަތަކުން ރައްޔިތުންގެ ފައިސާ އިން ކުރާނެ އެންމެ ބޮޑު އިސްރާފް ހޭދަ ކަމަށެވެ.
އަމީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި މުޅި ޕްރޮޖެކްޓުތަކުގެ މަޝްރޫއުތައް ވެސް 20 އިންސައްތަ މަސައްކަތައް ނިންމާލާފައިވާއިރު މި ސަރުކާރުން އެ މަސައްކަތްތައް ރައްޔިތުންނަށް ކޮށް ނުދީ ހުއްޓުވާފައި އޮންނަ އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން އަލަށް ޕްރޮޖެކްޓްތައް ހިންގަން ފެށުމުން ޙަރަދު ކުރަންޖެހޭ މިންވަރު އިތުރުވެ މަސައްކަތުގެ މުއްދަތުވެސް އިތުރުވާ ކަމަށެވެ.
ތަފްސީލް ކޮށްދެއްވަމުން އަމީރު ވިދާޅުވީ ރާޢްޖޭގެ ހުރިހައި ރަށެއްގައި ރައްޔިތުންނާއި ގުޅުންހުރި ޕްރޮޖެކްޓުތައް ހުއްޓުވުމަށްފަހު އަލުން އާ ޕްރޮޖެކްޓެއް ހިންގަން ފެށުމަކީ ކިހާ ބޮޑު އިސްރާފް ހޭދައެއްތޯ ސުވާލު އުފައްދަވާފަ އެވެ.
އަމީރު ވިދާޅުވީ ސަރުކާރު ބަދަލުވެ އަލުން އެމްޑީޕީ އަށް ވެރިކަން ލިބުނު ކަމުގައިވިނަމަވެސް މި ޕްރޮޖެކްޓުތައް އަލުން ރިވައިވް ކުރަން ކަމަށާއި، އެއީ ބޮޑެތި ޙަރަދުތައްކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އިންޑޮނޭޝިއާއަށް އިތުރު ބިންހެލުމެއް!
25 މިނިޓު ކުރިން

ރެޑް ކްރެސެންޓަށް ފައިސާ ހޯދަން ހުޅުމާލޭގައި ބޮޑު އިމާރާތެއް އަޅަނީ
4 ގަޑިއިރު ކުރިން

މީހުން ހޯދުމުގެ މަސައްކަތައް އެމެރިކާ އިން ވެސް އެހީތެރިވެދީފީ، ގެއްލުނު މީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
4 ގަޑިއިރު ކުރިން

ދިވެހި ވިޔަފާރިތަކަށް ބޭރު މީހުން އަތްގަދަ ކުރާ މައްސަލަ ބަލަންޖެހޭ: ޝާހިދު
4 ގަޑިއިރު ކުރިން


