logo

ދިވެހި ވިޔަފާރިތަކަށް ބޭރު މީހުން އަތްގަދަ ކުރާ މައްސަލަ ބަލަންޖެހޭ: ޝާހިދު

profile

ރިޟްވާން މޫސާ - 17 އޯގަސްޓު 2026 - 07:37

ރާޢްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކަށް ބޭރުގެ ފަރާތްތަކުން އަތްގަދަ ކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށް ހުޅުދޫ ދާޢިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގައި ހެދިފައިވާ ކުދި ވިޔަފާރިތަކުން ހޯދާ މަންފާ އާޢި ނަފާގެ އިތުރުން މުޅި އިންވެސްޓްމަންޓް ވެސް ބޭރުގެ ފަރާތްތަކުން ކޮންޓްރޯލް ކުރަމުން އަންނަތަން ފެންނަ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު މާލޭގައި ކުރާ ގިނަ ވިފަރާތިތަކަކީ ބޭރުގެ ފަރާތްތަކުން ހިންގަމުން އަންނަ ވިޔަފާރިތައް ކަމަށާއި، ކަންބޮޑުވާނެ ޖެހޭ ވަރުގެ މައްސަލައެއް ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓް ތަކާއި ކޮންސްޓަރަކްޝަން އިންޑަސްޓްރީގައި ހިންގަމުން އަންނަ ބޮޑެތި ޕްރޮޖެކްޓު ތަކުގައި ވެސް ބިދޭސީން އިތުރުވެފައިވާ ކަމަށެވެ.

ޝާހިދު ވަނީ ބިދޭސީން މިފަދަ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާން ފެށުމުން ދިވެހިން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދެއްކުމާއި އެހެން ކަންކަމަށް ވެސް ބޮޑެތި މައްސަލަތަކެއް އުފެދިގެން އަންނަ ކަަމަށެވެ.

https://wamco.com.mv/
tel:+9607331319