.jpg&w=3840&q=75)
އިންޑޮނޭޝިއާއަށް އިތުރު ބިންހެލުމެއް!

އާމިނަތު ޝަޒްލާ - 17 އޯގަސްޓު 2026 - 11:25
އިންޑޮނޭޝިއާގެ ފްލޮރެސް ސަރަހައްދަށް 5.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް މިއަދު އައިސްފައިވާ ކަމަށް ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޮސައިންސަސް (ޖީއެފްޒެޑް) އާއި އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (ބީއެންޕީބީ) އިން ހާމަކޮށްފިއެވެ. މި ބިންހެލުން އުފެދިފައިވަނީ ބިމުގެ ގާތްގަނޑަކަށް 10 ކިލޯމީޓަރު އަޑިންނެވެ.
މިއަދު މި އައި ބިންހެލުމަކީ، އިރުމަތީ ފްލޮރެސްގެ ހަ ސަރަހައްދަކަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، އީސްޓް ނޫސާ ޓެންގަރާ (އެންޓީޓީ) ޕްރޮވިންސްގެ އެކި ހިސާބުތައް ވަރަށް ބޮޑަށް ހާލުގައި ޖެހިފައި ވަނިކޮށް އައި ބިންހެލުމެކެވެ.
ބީއެންޕީބީގެ ވެރިޔާ ސުހާރިއަންޓޯ ވިދާޅުވި ގޮތުގައި، ކުރިން އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 54 އަށް އަރާފައެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް ކުރަމުންދާއިރު، އަނިޔާވި އެތައް ސަތޭކަ ބަޔަކަށް ސަލާމަތީ ޓީމްތަކުން ދަނީ ސިއްހީ އަވަސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ބިންހެލުންތަކާ ގުޅިގެން އާދީއްތަ ދުވަހުގެ ނިޔަލަށް 12،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ގިނަ އަދަދެއްގެ އިމާރާތްތަކަށާއި އާންމު ހިދުމަތްތައް ދޭ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޮފިޒިކްސް އެޖެންސީން ހާމަކުރި ގޮތުގައި، ބިންހެލުމަށް ފަހު ވެސް އެ ސަރަހައްދަށް އަދިވެސް އިތުރު ލޮޅުންތައް (އާފްޓަރޝޮކްސް) އަންނަމުންދާތީ، އާންމުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

"ޓެކްސީ ނުލިބި ދާން ބޭނުންވާ ތަނަކަށް ނުދެވި ރައްޔިތުންގެ ކަންބޮޑުވުން"
7 މިނިޓު ކުރިން

މި ސަރުކާރުގެ އިގްތިސާދީ ދުވެލި އޮތީ ކޯމާއެއްގައި: އަމީރު
3 ގަޑިއިރު ކުރިން

ރެޑް ކްރެސެންޓަށް ފައިސާ ހޯދަން ހުޅުމާލޭގައި ބޮޑު އިމާރާތެއް އަޅަނީ
5 ގަޑިއިރު ކުރިން

މީހުން ހޯދުމުގެ މަސައްކަތައް އެމެރިކާ އިން ވެސް އެހީތެރިވެދީފީ، ގެއްލުނު މީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
5 ގަޑިއިރު ކުރިން


