
ރެޑް ކްރެސެންޓަށް ފައިސާ ހޯދަން ހުޅުމާލޭގައި ބޮޑު އިމާރާތެއް އަޅަނީ

ރިޟްވާން މޫސާ - 17 އޯގަސްޓު 2026 - 07:44
މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) ގެ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ހޯދުމުގެ ބޭނުމުގައި، ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާ ގުޅިގެން ހުޅުމާލޭގައި 14 ބުރީގެ "ދަ ކްރެސެންޓް ޓަވާ" އެޅުމަށް ނިންމައިފިއެވެ.
މި އިމާރާތުގެ ނަމާއި ވެބްސައިޓް އިއްޔެ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ތައާރަފް ކޮށްފަ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސެންޓްރަލް ޕާކުގެ ކުރިމަތިން، މިރިހި މަގުގައި އެމްއާރްސީއަށް ލިބިފައިވާ ބިމުގައި އިމާރާތްކުރާ މި ޓަވަރަކީ 14 ބުރީގެ ޒަމާނީ އިމާރާތެކެވެ. ގާތްގަނޑަކަށް 70،000 އަކަފޫޓުގެ ޖާގައެއް ހިމެނޭ މި އިމާރާތަކީ ހުޅުމާލޭގެ މައިގަނޑު ވިޔަފާރީގެ ސަރަހައްދެއްގައި، ދެ މަގަކަށް މޫނުވާ ގޮތަށް ހުންނާނެ ތަނެކެވެ.
މި އިމާރާތުގައި އެމްއާރްސީގެ އާ ހެޑްކުއާޓަރު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން އެ ޖަމިއްޔާގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތަކާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމާއި، ވޮލަންޓިއަރުންގެ ހަރަކާތްތައް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރުމަށް މަގުފަހިވާނެއެވެ.
މީގެ އިތުރުން، ކުއްޔަށް ދޫކުރާ އޮފީސް ޖާގައާއި، ވިޔަފާރީގެ ބޭނުންތަކަށް ހާއްސަ ތަންތަނާއި، މުޖުތަމައުގެ ބައްދަލުވުންތަކަށް ހާއްސަ މާލަމެއް ވެސް މި އިމާރާތުގައި ހުންނާނެއެވެ.
މި މަޝްރޫއުގައި ބައިވެރިވުމުގެ ގޮތުން ކުއްޔަށް ހިފުމާއި، އިންވެސްޓްކުރުމާއި، ސްޕޮންސާޝިޕް އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަމިއްލަ ފަރުދުންނަށް 1،000 ރުފިޔާއިން ފެށިގެން އެހީތެރިވެވޭއިރު، ފަސް ލައްކަ ރުފިޔާއަށް ވުރެ ގިނައިން އެހީވާ ފަރާތްތަކުގެ ނަން އިމާރާތުގެ ހާއްސަ ފާރެއްގައި ފާހަގަކުރާނެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އިންޑޮނޭޝިއާއަށް އިތުރު ބިންހެލުމެއް!
26 މިނިޓު ކުރިން

މި ސަރުކާރުގެ އިގްތިސާދީ ދުވެލި އޮތީ ކޯމާއެއްގައި: އަމީރު
2 ގަޑިއިރު ކުރިން

މީހުން ހޯދުމުގެ މަސައްކަތައް އެމެރިކާ އިން ވެސް އެހީތެރިވެދީފީ، ގެއްލުނު މީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
4 ގަޑިއިރު ކުރިން

ދިވެހި ވިޔަފާރިތަކަށް ބޭރު މީހުން އަތްގަދަ ކުރާ މައްސަލަ ބަލަންޖެހޭ: ޝާހިދު
4 ގަޑިއިރު ކުރިން


