
"ޓެކްސީ ނުލިބި ދާން ބޭނުންވާ ތަނަކަށް ނުދެވި ރައްޔިތުންގެ ކަންބޮޑުވުން"

ރިޟްވާން މޫސާ - 17 އޯގަސްޓު 2026 - 12:43
މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ގުޅުވާލެވިފައިވީ ނަމަވެސް، މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގަޑިއަށް ޓެކްސީއެއް ނުލިބުމުގެ މައްސަލައެވެ. ޚާއްޞަކޮށް ވާރޭވެހޭ ވަގުތުތަކުގައާއި، އޮފީސް/ސްކޫލް ގަޑިތަކުގައި އަދި ރޭގަނޑުގެ ވަގުތުތަކުގައި ޓެކްސީއެއް ހޯދުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ.
މި ކަންކަން ހައްލުކުރުމަށް އެކިއެކި މަރުހަލާ ތަކުގައި ސަރުކާރުންވެސް ދަނީ އެކި ކަހަލަ ފިވަޅުތައް އަޅަމުންނެވެ. ހައްލުވާނީ ނުވަތަ ހައްލު ކުރެވޭނީ ކޮންގޮތަކަށްތޯ މިއަދު ސުވާލުކުރަން އެބަޖެހެ އެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުން ބޮޑު ކާރުބާރު ބޮޑު މި މަގުތަކުގައި އޮތް ތޮއްޖެހުން ހައްލުކުރަންވެސް ޖެހެ އެވެ. އަދި ހަމަ މިއާއެކު އެއްގަމު ދަތުރުފަތުރުގެ ޙިދުމަތުން ފޯރުކޮށްދެމުން އަންނަ ދަތުރުތައް ހާއްސަ ގޮތެއްގައި ޓެކްސީ ގެ ޙިދުމަތް މިއީ ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވެފައި އޮންނަ ބޮޑު މައްސަލައެއްގެ ގޮތުގައި އަބަދުވެސް ވަނީ ފާހަގަކުރެވިފަ އެވެ.
މި ކަންކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީން ވަނީ މާލޭގައި ޓެކްސީ ދަތުރުފަތުރު ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތްތަކެއް ފަށާފަ އެވެ. ނަމަވެސް އަދާ ހަމައަށް ވެސް އެކަމުން ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނެތްކަން އާންމު ރައްޔިތުން ނުވަތަ މި ޙިދުމަތަށް ބޭނުންވެފައި ތިބި ފަރާތްތަކުގެ ވާހަކަތަކުން އެނގެ އެވެ.
އެކި މީހުން ޝުއޫރު ފާޅުކުރާނީ އެކި ކަހަލަ ގޮތަށެވެ. ކޮންމެ ގޮތަކަސް ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތެއްގައި ރައްޔިތުން އެކަންކަމަށް ބަސްބުނާނެތާ އެވެ. އެއްބަޔަކު މަގުމަތިން ޓެކްސީ ހޯދަން އަތް ހިއްލައިގެން ތިބެތިބެ ވެސް ޓެކްސީ ނުލިބުމުން އެ ރުޅިގަދަވެ އެއްޗެހި ގޮވަން ފަށަނީ އެވެ. މި ވަނީ ކީއްކަން އެންމެ އާދައިގެ ރައްޔިތު މީހާ އަށްވެސް އެބަ އެނގެން ޖެހެ އެވެ.
އެމްޓީސީސީގެ ޓެކްސީ ލައިންގެ ކާރުތައް މަގުމަތިން އަތް ނެގިއަސް މަޑުނުކޮށްދަނީ އެވެ. ދަންވަން މި އުޅޭ ވާހަކަ އަކީ ޓެކްސީ ލައިންގެ ޙިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާފައިވާއިރު މި ޙިދުމަތައް އެދެނީ ކިހިނެއްތޯ ރައްޔިތުންގެ ތެރެއިން އެންމެ އާދައިގެ މީހާ އަށް ވެސް ސާފުވާން ޖެހޭނެ ވާހަކަ ތަކެވެ.
އެމްޓީސީސީގެ ޓެކްސީ ލައިންގެ ކާރުތައް މާލޭގައި އެހާގިނައިން އޮންނަ އިރު ހުޅުމާލޭގައި ވެސް އަދި ވިލިމާލޭގައި ވެސް މިކާރުތައް އެބަހުރި، ނަމަވެސް ދަތުރަކަށް ބްކް ކޮށްގެން ހުރެހުރެ ވެސް ޓެކްސީ ދަތުރެއް ނުލި ހުންނަން ޖެހޭ ޖެހުން ވެގެންދަނީ ރައްޔިތުން މި ޙިދުމަތަށް ކުރާ އިތުބާރު ގެއްލުމެވެ.
ޙިދުމަތް ބޭނުންވާ ފަރާތްތަކަށް ޙިދުމަތް ދިނުމުގެ ބަދަލުގައި ކާރުތައް ބަހައްޓައިގެން ނުވަތަ ދަތުރުތައް އައުމުން ވެސް ދަތުރު ނުނަގައި ޑްރައިވަރުން ތިބޭ ވާހަކަ ވެސް މިއީ އަޑުއިވެމުން އަންނަ ވާހަކަތަކެކެވެ.
މި ސަރުކާރުން ތައާރަފް ކުރި މާލެ ޓެކްސީ ލައިންގެ ބައެއް ކާރުތައް ނުދުއްވައި ބަހައްޓާފައި ހުންނާތީ އެކަމުގެ ކަންބޮޑުވުމާއި، ޝަކުވާ އާންމު ފަރާތްތަކުން ވެސް ވަނީ ދާދިފަހަކުން ކޮށްފަ އެވެ. މީސް މީޑިޔާގައި ބަޔަކު ކޮށްފައިވާ ޕޯސްޓެއްގައި ފެންނަނީ ހުޅުމާލޭ ފޭސް 2 ގައި މި ސަރުކާރުން ގެނެސްފައިވާ މާލެ ޓެކްސީގެ ބައެއް ކާރުތައް ޕާކުކޮށް ބަހައްޓާފައިވާ މަންޒަރެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ މީހުން ބުނެފައިވަނީ "މި އުޅަނދުފަހަރަށް ރައްޔިތުންގެ ފައިސާއިން މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ އުޅަނދުފަހަރު ބޭނުންނުކޮށް ބަހައްޓާފައި ހުރުމުގެ ސަބަބުން، އެކަމުގެ މާލީ ބުރަ އަދިވެސް އުފުލަންޖެހެނީ ރައްޔިތުންނަށް" ކަމަށެވެ.
ޓެކްސީ ޙިދުމަތް ފޯރުކޮށްދިނުމުގައި އެމްޓީސީސީން މިއަށްވުރެ ޒިންމާދާރުވާންޖެހޭ ކަމަށް އާންމު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެޓީސީސީން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާނެ ކަމަށް އުންމީދު ކުރަމެވެ. އަދި މިހާރަށްވުރެ ރަނގަޅަށް ހަރުދަނާ ކޮށް ޓެކްސީގެ ޙިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އުންމީދު ކުރަމެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކެ. ގައުމުގެ އަޑެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އިންޑޮނޭޝިއާއަށް އިތުރު ބިންހެލުމެއް!
2 ގަޑިއިރު ކުރިން

މި ސަރުކާރުގެ އިގްތިސާދީ ދުވެލި އޮތީ ކޯމާއެއްގައި: އަމީރު
4 ގަޑިއިރު ކުރިން

ރެޑް ކްރެސެންޓަށް ފައިސާ ހޯދަން ހުޅުމާލޭގައި ބޮޑު އިމާރާތެއް އަޅަނީ
6 ގަޑިއިރު ކުރިން

މީހުން ހޯދުމުގެ މަސައްކަތައް އެމެރިކާ އިން ވެސް އެހީތެރިވެދީފީ، ގެއްލުނު މީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
6 ގަޑިއިރު ކުރިން


