
ކުރީގެ ރައިސް ޔާމީން
ރިވިއުކުރަން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީންގެ މައްސަލަ

ޝުރުފާ މުހައްމަދު - 27 އޮކްޓޯބަރު 2024 - 17:54
ރިވިއުކުރަން ބޭނުންވެގެން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތަކުގެ މައްސަލަ ވެސް ހިމެނޭކަން އަސްލު ޓީވީ އަށް އެނގިއްޖެ އެވެ.
ޖިނާއީ މައްސަލަތަކުގައި ދައުލަތުން ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު އައު ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފްގެ އިސްނެންގެވުމުގެ މަތިން ހުޅުވާލީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ. އެ ދުވަހުގެ ނިޔަލަށް 539 މައްސަލަ ރިވިއުކުރަން އެދިފައިވާކަން އެ އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އަސްލު ޓީވީން ބެލި ބެލުމުން އެނގުނު ގޮތުގައި ރިވިއުކުރަން އެދުނު ލިސްޓުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކެއް ހިމެނެ އެވެ. އެއީ ވ. އާރަށް އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ މައްސަލަ އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 11 އަހަރަށް ޖަލަށްލުމުގެ އިތުރުން، 52 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އެކަމަކު އިސްތިއުނާފް މަރުހަލާގައި އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.
ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާރ ކުރެއްވި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބާރަށުގެ އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިތުރު މަސައްކަތްތަކެއް!
4 ގަޑިއިރު ކުރިން

މަންފާ އެކަޑަމީ އިފްތިތާހުކޮށްފި
4 ގަޑިއިރު ކުރިން

ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ބެއިންޖިންގަ ބައްދަލުވުންތަކެއް!
5 ގަޑިއިރު ކުރިން

ސިވިލް ސާވިސްގެ ގަވާއިދަށް މުހިންމު އިސްލާހެއް: ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)