
މަންފާ އެކަޑަމީ އިފްތިތާހުކޮށްފި

އާމިނަތު ޝަޒްލާ - 04 ޖުލައި 2026 - 11:02
ކުޅިވަރުގެ މައިދާނުން އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމުގެ މަތިވެރި މަޤްޞަދުގައި "މަންފާ އެކަޑަމީ" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ޣިޔާޡުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެކަޑަމީ އިފްތިތާޙުކޮށްދެއްވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރު އަދި ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކޯޗު ޢަލީ ސުޒައިންއެވެ.
މަންފާ ޖަމިއްޔާގެ ގޮފީގެއްގެ ގޮތުގައި އުފެދުނު މި އެކަޑަމީގެ ޗެއާމަންގެ މަޤާމު ފުރުއްވަނީ އެ ޖަމިއްޔާގެ ފައުންޑަރު ޢަލީ ރަމީޒެވެ. އެކަޑަމީގެ ރައީސަކަށް ވޮލީބޯޅައިގެ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު ހަމަޖައްސާފައިވާއިރު، ނައިބު ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ތަޖުރިބާކާރު ފުޓުބޯޅަ ކޯޗު ޢަލީ ނިސްތާރު މުޙައްމަދާއި، މުޙައްމަދު ތައުފީޤުގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް ކޯޗު އިބްރާހީމް ރަމީޒެވެ.
މި ރަސްމިއްޔާތުގައި އެކަޑަމީގެ ރަސްމީ ޖާޒީ ޢަލީ ސުޒައިންއަށް ހަދިޔާކޮށްފައިވެއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗެއާމަން ޢަލީ ރަމީޒު ވިދާޅުވީ، މަންފާ އެކަޑަމީއަކީ ކުޅިވަރުގެ ދާއިރާއިން ނަމޫނާ ދައްކާނެ އަދި އިސްލާމީ ދަޢުވަތު ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވެގެންދާނެ ކަމަށެވެ.
އެކަޑަމީގެ ނައިބު ރައީސް ނިސްތާރު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެކަޑަމީގެ ތަމްރީނުތައް ކުރިއަށްގެންދާނެ އުޞޫލުތަކާ ބެހޭގޮތުން މިހާރު މަޝްވަރާކުރެވެމުންދާ ކަމަށެވެ. އަދި އެކަޑަމީ އިފްތިތާޙުކުރުމާއެކު، އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަޑަމީއަށް ދަރިވަރުން އިތުރުކުރުމުގެ ފުރުޞަތު އަދި ހުޅުވާލާފައި ނުވިނަމަވެސް، ދާދި އަވަހަށް އެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާންކުރާނެ ކަމަށް ނިސްތާރު ހާމަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބާރަށުގެ އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިތުރު މަސައްކަތްތަކެއް!
3 ގަޑިއިރު ކުރިން

ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ބެއިންޖިންގަ ބައްދަލުވުންތަކެއް!
3 ގަޑިއިރު ކުރިން

ސިވިލް ސާވިސްގެ ގަވާއިދަށް މުހިންމު އިސްލާހެއް: ގޭގައި ހުރެގެން މަސައްކަތްކުރެވޭނެ
3 ގަޑިއިރު ކުރިން

މާރާމާރީ ހިންގަން ރޭވި ބަޔަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)