logo

މާރާމާރީ ހިންގަން ރޭވި ބަޔަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 04 ޖުލައި 2026 - 10:31

މާލެއާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރުކޮށްފައިވަނީ ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހުގައެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރާއި، 23 އަހަރާއި، 30 އަހަރުގެ ދެ މީހުންގެ އިތުރުން، 32 އަހަރާއި 34 އަހަރުގެ ފިރިހެނުންނެވެ. ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އެންމެންނަކީ ވެސް ދިވެހި ރައްޔިތުންނެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ތިބި ދެ މީހުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk