logo

ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ބެއިންޖިންގަ ބައްދަލުވުންތަކެއް!

profile

އާމިނަތު ޝަޒްލާ - 04 ޖުލައި 2026 - 10:32


ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި، ބެއިންޖިންގްގައި މުހިންމު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

https://wamco.com.mv/

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި، ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް އެ ގައުމަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަހުގެ 1 އިން 11 އަށް ކުރިއަށްދާ މި ދަތުރުގައި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަތުރުވެރިކަމާ ގުޅުންހުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ވިޒިޓް މޯލްޑިވްސް، އެމް.އޭ.ސީ.އެލް، ގައުމީ އެއަރލައިން މޯލްޑިވިއަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމިއްޔާތައް ހިމެނެއެވެ. މި ދަތުރުގައި ރާއްޖޭގެ ވަފުދު އިސްކޮށް މެނޭޖުކުރައްވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް ހާރިސް މުޙައްމަދާއި، ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ޗައިނާގެ އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނަށް އަމާޒުކޮށްގެން ބޭއްވި ނެޓްވޯކިންގ އިވެންޓުގައި އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.

މި ބައްދަލުވުންތަކުގައި ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދު ވަނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ޑައިވިންގ، ވެލްނެސް، ސަގާފީ ފަތުރުވެރިކަން އަދި އާއިލީ ޗުއްޓީތަކަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ދެއްވާފައެވެ.

މި ހަރަކާތުގެ ސަބަބުން މިހާރު ހުރި ގުޅުންތައް ވަރުގަދަވެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޗައިނާގެ ޓްރެވަލް އިންޑަސްޓްރީއާ ދެމެދު އެއްބާރުލުން ދިނުމުގެ އައު ދޮރުތަކެއް ވަނީ ހުޅުވިފައެވެ. މީގެ އިތުރުން، ޗައިނާގެ މާކެޓިންގ އަދި ކަލްޗަރަލް އެކްސްޗޭންޖް ކޮންސަލްޓެންސީއެއް ކަމަށްވާ "ކްރޮސް ހޮރައިޒަންސް" އާ އެކުވެސް ވަނީ މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން 168,677 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk