logo

ރާއްޖެއިން އަނެއްކާވެސް ކިނބުލެއް ފެނިއްޖެ

profile

ޒިދާން މުޙައްމަދު - 18 އޭޕްރީލު 2025 - 13:05

ރާއްޖެއިން އަނެއްކާވެސް ކިނބުލެއް ފެނިއްޖެއެވެ.

https://wamco.com.mv/

މިފަހަރު ކިނބޫ ފެނިފައި ވަނީ މާލެ އަތޮޅުގައި ހިންގާ "ވަރު ބައި އެޓްމޮސްފިޔާ" ރިސޯޓު ކައިރިންނެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ރިސޯޓުގެ ވޯޓާވިލާތަކުގެ ކައިރިން ބޭރު ތޮށީގައި ކިނބުލެއް އޮތް މަންޒަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމާ ގުޅިގެން ރިޕޯޓް ލިބުމުން، އެމްއެންޑީއެފުން ވަނީ އެ ހިފުމުގެ މަސައްކަތްކޮށްފައެވެ. އެ ކިނބޫ ހިފުމަށްފަހު ގެންދާނީ ސިފައިންގެ ބެލުމުގެ ދަށަށެވެ.

މިދިޔަ އަހަރުގެ ވެސް ފެބްރުއަރީ ހިސާބުގައި ވަނީ ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފައެވެ. އެ ކިނބޫ ފަހުން ވަނީ ދުރު ހިސާބަކުން ކަނޑަށް ދޫކޮށްލާފައެވެ.

ކިނބުލަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ ޖަނަވާރެއް ނޫނެވެ.

އެހެން ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުން ކިނބޫ ފެނެއެވެ.

މިހެން ފެންނަ ކިނބޫ ހިފުމަށް ފަހު ދޫކޮށްލަނީ ރާއްޖެއަށް ނާދެވޭ ހިސާބަށެވެ. އެގޮތަށް ނާދެވޭ ހިސާބަށް ދޫކޮށްލާއިރު ރާއްޖޭގެ އޮއިވަރު ފަދަ ކަންކަމަށް ބަލައެވެ.

https://etukuri.mv/
https://www.aslu.com.mv