logo

ކުޅުދުއްފުށީ ސިޓީގައި ގާޢިމުކުރާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި

profile

އައިޝަތު އިބްރާހިމް - 28 މޭ 2025 - 17:13

ކުޅުދުއްފުށީ ސިޓީގައި އަލަށް ޤާއިމް ކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރ ގެ ބިންގާ އަޅައިފިއެވެ.

https://wamco.com.mv/

މިތަނުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ސްކިލްސް އެންޑް ލޭބަރ ޑރ.އަލީ ހައިދަރު އަޙްމަދެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި މަޝްރޫޢަކީ އާރްޑީސީ އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް ޢިމާރާތް ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ. މި މަޝްރޫޢު ކުރިއަށްގެންދިުމަށް އެ ކުންފުންޏާ ޙަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

undefinedމިނިސްޓަރ ހައިދަރު ކުޅުދުއްފުށީ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

ދަނާލަކާއެކު ތަރައްޤީކުރާ މި ޓިވެޓް ސެންޓަރުގައި ކިޔަވައިދިނުމުގެ ވަޞީލަތްތަކާއެކު، ޓެކްނިކަލް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު ލެވެލް ގެ ކޯސްތައް ހިންގުމަށް ހަމަ ޖެހިފައިވެއެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދަނާލުގެ ޚިދުމަތާއެކު ތަރައްޤީ ކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

މީގެ އިތުރުންވެސް މިނިސްޓަރ ވަނީ، ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލު ކުރައްވާ މިނިސްޓްރީން އެ ސިޓީގައި ކުރިއަަށް ގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ ޙިއްޞާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

undefinedމިނިސްޓަރ ހައިދަރު ކުޅުދުއްފުށީ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

މިނިސްޓަރ ހައިދަރު ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަސްއަށް ވެސް ޒިޔާރަތް ކުރައްވައި އެތަނުގެ އިސްވެރީންނާ ބައްދަލު ކުރެއްވިއެވެ. މިނިސްޓަރުގެ މި ޒިޔާރަތުގައި އެ ކެމްޕަސްގެ ޙާލަތު ބައްލަވާލައްވައި ދިމާވެފައި ހުރި ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރ ހައިދަރުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޚާއްޞަ ޙަރަކާތެއްގައިވެސް ބައިވެރިވެޑައިންފައެވެ.

undefinedމިނިސްޓަރ ހައިދަރު ކުޅުދުއްފުށީ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

މިނިސްޓަރ ހައިދަރު، މިހާރު ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ ކުޅުދުއްފުށި ސިޓީގައި އަލަށް ޤާއިމް ކުރެވުނު @ncsgovmv ރީޖަނަލް ސެންޓަރ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ އިސްވެރީން ވަނީ ބައިވެރިވެ ވަޑައިންފައެވެ.

މިނިސްޓަރ ޙައިދަރު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނެވެ.

https://wamco.com.mv/
https://www.aslu.com.mv