
މިނިސްޓަރ ހައިދަރު ވާހަކަފުޅު ދައްކަވަނީ
އެކްސްޕޯގެ ސަބަބުން ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާވާނެ: ވަޒީރު ހައިދަރު

އާމިނަތު ޝަފާ - 09 އޯގަސްޓު 2024 - 12:42
މިއަހަރުގެ ލިވިންއެކްސްޕޯ ފަށާފައިވާއިރު މި އެކްސްޕޯގެ ސަބަބުން ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާވުމަށް ފުރުސަތު ފަހިވާނެކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރިއަލްއެސްޓޭޓާ ގުޅޭ ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެހެން މިއަހަރުގެ ލިވިންއެކްޕޯ ފަށާފައިވާއިރު މި އެކްސްޕޯ ފަށްޓަވައި ދެއްވީވެސް މިނިސްޓަރ ހައިދަރެވެ.
ހައިދަރު ވިދާޅުވީ މިފަދަ އެކްސްޕޯއެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ފަރާތްތަކެއް ބައިވެރިވާކަމީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.
މި އެކްސްޕޯއަކީ ހައިރައިޒްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މާދަމާގެ ނިޔަލަށް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް މި އެކްސްޕޯ ކުރިއަށަދާނެއެވެ.
މިއީ ލިވިންއެކްސްޕޯ ކުރިއަށްދާ 12 ވަނަ އަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން