logo

ޕޮލިޓެކްނިކްގެ ސެޓިފިކެޓް ލެވެލް ކޯސްތަކަށް ބޮޑު ތަރުހީބެއް!

profile

އާމިނަތު ޝަފާ - 18 އޯގަސްޓު 2024 - 14:40

ޕޮލިޓެކްނިކް

ޕޮލިޓެކްނިކް

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކް އިން ހިންގާ ނޭޝަނަލް ސެޓިފިކެޓް ލެވެލް ގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ " ނޭޝަނަލް ސެޓިފިކެޓް ލެވެލް" ކޯސްތައް އެ އިންސްޓިޓިއުޓް، މާލޭގައާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކޮސްފައިވާ އެ އިދާރާގެ ޓްރައިނިންގ ސެންޓަރ ތަކުގައި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން، މަސައްކަތުގެ މައިދާނަށް ނެރުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. މި ފަހަކަށް އައިސް އެ އިދާރާއިން ހިންގާ ކޯސްތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިގޮތުން ނިމިދިޔަ ހަފްތާގެ ތެރޭގައި ޢިއުލާން ކުރި ނޭޝަނަލް ސެޓިފިކެޓް 3 ން ފޮޓޯގްރަފީ، ނޭޝަނަލް ސެޓިފިކްޓް 3 ން، ރެފްރިޖިރޭޓަރ އެންޑް އެއާރ ކޮންޑިޝަނަރ މެކޭނިކް އަދި ލެވެލް 1 ޕޭސްޓްރީ ކޯހުގައި ޖުމްލަ 131 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއިން ކޮންމެ ކޯހެއްވެސް އަމާޒުކޮށްފައިވަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ޕޮލިޓެކްނިކުން މާލެ ސެންޓަރގައި ފެށުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 14 އޮގަސްޓް އަށް ހަމަވެފައިވާއިރު، އެ ކޯހުގައި 51 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ނެޝަނަލަލް ސެޓްފިކެޓް 3 އިން ރެފްރިޖްރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ކޯހުގައި ގައި 35 ފަރާތަކުން ބައިވެރިވެފައި ވެއެވެ.މީގެ އިތުރުން ނިމިދިޔަ ހަފްތާގައި އިއުލާންކުރި ތިންވަނަ ކޯހަކީ ފޯމްލަކް ސިޓީގައި ބޭއްވުމަށް އިއުލާންކުރި "ޕޭސްޓްރީ އެންޑް ބޭކަރީ " ކޯހެވެ. މިއީ ސެޓިފިކެޓް ލެވެލް 1 ގެ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ މުއްދަތު މިއަދަށް ހަމަވާއިރު މިހާތަނަށް 45 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ޕޮލިޓެކްނިކުން ސެޓިފިކެޓް ލެވެލްގެ ކޯސްތައް ހިންގުމުގެ އިތުރުން އެ އިދާރާއިން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވެސް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. އެގޮތުން ރާއްޖޭގެ ނަން ހިނގާ ގިނަ ކުންފުނިތަކާއި، ގުޅިގެން އެކި ދާއިރާތަކުން ޤައުމަށް ބެނުންވާ މަސައްކަތްތެރިން ބިނާކުރުމުގެ މަސައްކަތްވެސް ޕޮލިޓެކްނިކުން އަންނަނީ ކުރަމުންނެވެ.

tel:+9607331319