logo

3 ގައުމަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

profile

އާމިނަތު ޝަފާ - 21 އޯގަސްޓު 2024 - 22:25

މަތީ ތައުލީމުގެ ފުރުސަތުތައް ރާއްޖެއަށް ލިބޭ މިންވަރުވަނީ އިތުރުވެފައި

މަތީ ތައުލީމުގެ ފުރުސަތުތައް ރާއްޖެއަށް ލިބޭ މިންވަރުވަނީ އިތުރުވެފައި

3 ގައުމަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން 'ކޮލަންބޯ ޕްލޭން' ގެ ނަމުގައި ދެކުނު ކޮރެޔާގެ ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް އިން މާސްޓަރސް ލެވެލްގެ 4 ކޯހަކުން ސްކޮލަޝިޕް ހާޞިލުކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.އަދި ޕާކިސްތާނު ، ޖޯޑަން އިން މަތީ ތަޢުލީމު ހާޞިލުކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ.

ސްކޮލަޝިޕަށް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ކޯސްތަކުގެ ތެރޭގައި، މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ، މާސްޓަރ އޮފް ޑިވެލޮޕްމަންޓް ޕޮލިސީ، މާސްޓަރ އޮޕް ޕަބްލިކް ޕޮމެނޭޖްމަންޓް އަދި މާސްޓަރ އޮފް ޑޭޓާ ސައިންސް ފޯރ ޕަބްލިކް ޕޮލިސީ އެން މެނޭޖްމަންޓް ހިމެނެއެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ޝަރުރުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ބެޗްލާރސް ޑިގްރީއެއް ހާޞިލްކޮއްފައިވުން، ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތެއްކަމުގައިވުން، މި މިނިސްޓްރީ އިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ އެ ލޯނު ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން އަދި ސްކޮލަރޝިޕަށް އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮއްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވުމާއެކު އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދަޢުލަތުގެ ޙަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ފަރާތެއްކަމުގައި ނުވުމެވެ.

'ކޮލަންބޯ ޕްލޭން' ސްކޮލަރޝިޕަށް ހުށަހެޅުމަށް، ފުރިހަމަ ކޮއްފައިވާ އެޕްލިކޭޝަންގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ގުރޭޑިން އިނގޭގޮތަށް) ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ދެފުށް ފެންނަ އައި.ޑީ ކާޑުގެ ކޮޕީ، ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާކަން އަންގައިދޭ ލިޔުން، ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން، މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް އަދި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

މި ސްކޮލަރޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:30ގައެވެ.

ޕާކިސްތާނުގެ ގިފްޓް ޔުނިވާސިޓީގައި ކިޔެވުމަށް ހުޅުވައިލި މިފުރުސަތުގައި، ކޮންޕިއުޓަރ ސައިންސް، ސައިކޮލޮޖީ އަދި އިކޮނިމިކްސް ފަދަ ދާއިރާތަކުގެ އެކި ލެވެލްގެ ކޯސްތަކުން މަތީ ތަޢުލީމު ހާސިލުކުރެވޭނެއެވެ. އަދި އެ ޔުނިވާސިޓީގެ ސްކޮލަޝިޕްއަކަށް ހުޅަހެޅުމަށް 30 އޮގަސްޓް 2024 ވާ ހުކުރު ދުވަހުގެ ކުރިން ހުށަހަޅަންޖެހެއެވެ.

2024-2025 އެކަޑަމިކް އަހަރު ޖޯޑަންގެ ޔުނިވަރސިޓީތަކުގައި މަތީތައުލީމު ޙާސިލްކުރުމަށް ޝައުޤުވެރިވާ އިންޓަރނޭޝަނަލް ދަރިވަރުންގެ އެޕްލިކޭޝަން ހުށަހެޅުމަށް ޚާއްސަކޮށްގެން، ޖޯޑަންގެ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ސައިންޓިފިކް ރިސަރޗްގެ ފަރާތުން، ޔުނިފައިޑް އެލެކްޓްރޯނިކް އެޑްމިޝަން ސިސްޓަމްއެއް ވަނީ އިފްތިތާހުކޮށްފައެވެ. މި ސިސްޓަމް ބޭނުންކޮށްގެން ޖޯޑަންގެ ޔުނިވާސިޓީތަކުން ދެއްވާ ސްކޮލަޝިޕަށް ހުށަހެޅޭނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއެވެ.

tel:+9607331319