logo

މޭރީގެ މަރު: މާވިން އިސްލާމްވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 26 ފެބްރުއަރީ 2026 - 19:08

އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލައި ގައި ދަޢުވާ އުފުލާފައިވާ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އިސްލާމް ވެއްޖެއެވެ.

https://wamco.com.mv/

މޭރީގެ މަރުގެ މައްސަލާގައި މާވިންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ މުޒައްމިލް ނާސިރު ވަނީ މާވިން އިސްލާމްވެފައިވާކަން އަންގައި އިސްލާމިކް މިނިސްޓްރީން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ސިޓީގައިވާ ގޮތުން އޭނާ ވަނީ އިސްލާމްވުމަށްފަހު ނަން ޔޫސުފް ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

އޭނާ އިސްލާމްވުމުން އަދަބަށް ބަދަލެއް އަތުވެދާނެތޯ ދިފާއީ ވަކީލު ސުވާލު ކުރެއްވުމުން، ދައުލަތުން ބުނީ އެކަމާމެދު ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުން އަންނަ މަހަށް ފަސްކުރީ ލިޔެކިޔުންތައް ފުރިހަމަ ނުވާތީ ދިފާއުން އިތުރު ވަގުތަށް އެދުމުންނެވެ.

މި މައްސަލައިގައި ދެން ޝަރީއަތް ކުރިއަށްދާނީ މާވިން އާއި ލަމްހާ އެކުގައެވެ.
މޭރީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ 29 އަހަރުގެ މާވިން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

އެ ދަޢުވާ މާވިންގެ މައްޗަށް ކޮށްފައިވަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ އެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި، މޭރީ ދިރިއުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ފުލުހުންނަށް ރިޕޯޓުކުރި ނަމަވެސް، ފުލުހުން އެ ތަނަށް ދިއުމުގެ ކުރިން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާގެ މަރަކީ އަމިއްލައަށް ދަންޖެހިގެން މަރުވި މަރެއް ނޫންކަމަށް ބޮޑަށް ޝައްކުކުރެވުނީ، އޭނާގެ ހަށިގަނޑުން ދަންޖެހިފައި ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުންނެވެ. މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވެފައިވަނީ "ބްލަންޓް އިންޖަރީ" ނުވަތަ ބާރުގަދަ އެއްޗަކުން ދީފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk