logo

ހިއްސާ އަކަށް 60 ރުފިޔާ ބަހަން ބީއެމްއެލް އިން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 26 ފެބްރުއަރީ 2026 - 09:19

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާދާރުންނަށް ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

https://wamco.com.mv/

މި ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން ނުވަލައްކަ ފަނަރަހާސް ދުއިސައްތަ) ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. ހިއްސާގެ ފައިދާ ބަހާނެ މިންވަރު ފައިނަލް ކުރެވޭނީ މި ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ވަނީ ލަފާދީފައެވެ. މި ބަދަލާއެކު، 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ ބުކް ވެލިއު 1,015.90 ރުފިޔާއަށް އުފުލިގެންދާނެއެވެ. އެހެންކަމުން، މިއަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2,091.80 ރުފިޔާގެ ނަފާއެއް ލިބިގެންދާނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ބޯނަސް ހިއްސާ ދޫކުރުމުގެ މައިގަނޑު މަގުސަދަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކުރުމާއި، ހިއްސާދާރުންނަށް ލިބޭ މަންފާ ފުޅާކުރުމުގެ އިތުރުން ރާއްޖޭގެ ހިއްސާގެ ބާޒާރު ކުރިއެރުވުމަށް އެހީތެރިވުން ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.

މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބިގެންދާނީ، "ބުކް ކްލޯޝަރ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީޚާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk