logo

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ

profile

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2026 - 14:07

އެމްޑަބްލިއުއެސްސީގެ އިސްވެރިއަކަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފި އެވެ.

https://wamco.com.mv/

ޕްރައިވަޓައިޒޭޝަން ބޯޑުން ސޯޝަލް މީޑިއާގައި ދެންމެ ކުރި ޕޯސްޓުގައި ބުނީ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެމްބަރުކަމަށް، މ. ފަތަހަ، ފަހުމީ ހަމަޖައްސާފައިވާ ކަމަށެވެ.

އެ މަގާމު ހުސްވީ، ކުރިން އެ ޒިންމާ އަދާކުރައްވަމުން ގެންދެވި އަބްދުލްމަތީން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ސްޓެލްކޯގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަހުމީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވީ މި ސަރުކާރު ފެށުމާއެކު ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް، ދެ އަހަރުވާން އުޅެނިކޮށް މިދިޔަ ސެޕްޓެމްބަރު 7 ގައި އޭނާ މަގާމުން ވަކިކޮށް، ރައީސް އޮފީހުގެ މިނިސްޓަރުގެ ފެންވަރުގެ މަގާމަށް ވަނީ ބަދަލުކޮށްފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk