logo

ބޮޑުތަކުރުފާނު މަގުގައި ފެންހިންދާ ނިޒާމް ގާއިމްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2026 - 14:06

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ފަސްވަނަ ސެގްމަންޓުގެ ދުވާރުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

https://wamco.com.mv/

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑް ކުރުމާއި، ދުވާރު ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ފަސްވަނަ ސެގްމަންޓުގެ ފެނާއި ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ވެލްޑިންގ މަސައްކަތްތަކާއި، ނަރުދަމާގެ އައު ގްރެވިޓީ ޕައިޕްލައިން އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް 700 މީޓަރުގެ ސަރަޙައްދަށެވެ.

މީގެ ތެރޭގައި 610 މީޓަރުގެ އެއްގަމުތޮށި އައުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހިމެނިގެންވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk