
ގިރާވަރުފަޅުން 15 ހެކްޓަރު ބިން ހިއްކައިފި

މުޙައްމަދު ފަޟްލޫން - 26 ފެބްރުއަރީ 2026 - 10:46
ގިރާވަރުފަޅުން 15 ހެކްޓަރު ބިން ހިއްކައިފިއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައެޅިފައިވާ 97.15 ހެކްޓަރުގެ ތެރެއިން މިހާތަނަށް 15 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.
މިއީ މުޅި މަޝްރޫޢުގެ 15.44 އިންސައްތަ މަސައްކަތެވެ.
ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ޑްރެޖަރުތަކަަށް ބަލާއިރު ދެ ޑްރެޖަރެއް ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ކުއީން އޮފް ދަ ނެދަރލޭންޑްސްގެ ހޮޕަރ ކެޕޭސިޓީ އަކީ 35،500 ކިއުބިކް މީޓަރެވެ. އަދި އޮރެންޖް ޑްރެޖަރަކީ 22،000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެމް.އޭ.ސީ.އެލް އިން ފަށާފައިވަނީ 30 ޖެނުއަރީ 2026 ގައެވެ.
ގިރާވަރުފަޅުން ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ގޯތީގެ ބޮޑުމިންތަކަށް ބަލާއިރު :
2450 އަކަފޫޓުގެ 1 ގޯތި
2050 އަކަފޫޓޫގެ 254 ގޯތި
1250 އަކަފޫޓުގެ 2603 ގޯތި
1650 އަކަފޫޓުގެ 1214 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މޭރީގެ މަރު: މާވިން އިސްލާމްވެއްޖެ
4 ގަޑިއިރު ކުރިން

ހިއްސާ އަކަށް 60 ރުފިޔާ ބަހަން ބީއެމްއެލް އިން ނިންމައިފި
13 ގަޑިއިރު ކުރިން

ލަންކާގެ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފި
13 ގަޑިއިރު ކުރިން

ސިޓީ ކައުންސިލުން ހިންގި މަޝްރޫއުތަކުގައި މޭޔަރު އާޒިމްގެ ބައިވެރިވުމެއް ނޯންނާނެ: ޑެޕިއުޓީ މޭޔަރ އަރީޝް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)