logo

ސިޓީ ކައުންސިލުން ހިންގި މަޝްރޫއުތަކުގައި މޭޔަރު އާޒިމްގެ ބައިވެރިވުމެއް ނޯންނާނެ: ޑެޕިއުޓީ މޭޔަރ އަރީޝް

profile

މުޙައްމަދު ފަޟްލޫން - 26 ފެބްރުއަރީ 2026 - 09:18

ސިޓީ ކައުންސިލުން ހިންގި މަޝްރޫއުތަކުގައި މޭޔަރު އާދަމް އާޒިމްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މާލެ ސިޓީ ކައުންސިލްގެ ހަފްތާގެ އާއްމު ޖަލްސާގައި އަރީޝް ވިދާޅުވީ ކަމެއް ރަނގަޅަށް ކޮށްފިނަމަ އެއީ މޭޔަރު އާދަމް އާޒިމް ގެ ރަނގަޅުކަން ކަމަށާއި ކަމެއް ގޯސްވެއްޖެނަމަ އެސްޖީ އެޒިންމާ ނަގަންޖެހޭކަމަށެވެ.

އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރު ކަމަށް ހޮވުނު ފަހުން ކަންކަމުގެ ކްރެޑިޓް އަމިއްލަ ފުޅަށް ނަންގަވަން އުޅުއްވާކަމުގެ ތުހުމަތު އަރީޝް ކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން ކަންކަމުގައި ނިންމާ ނިންމުންތަކަކީ ޑެޕިއުޓީ މޭޔަރ އަރީޝް އާއި ހުރިހާ ކައުންސިލަރުންގެ އެއްބާރުލުމާއި އެކު ނިންމާ ނިންމުންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީގައި ހިނގާ ހުރިހާ މަސައްކަތްތަކަކީ ކައުންސިލަރުންގެ ހިއްސާ އެކުލެވިގެން މަޝްވަރާ ކުރެވިގެން ކުރިއަށްދާ ކަންތައްތަކެއް ކަން އަރީޝް ފާހަގަކުރެއްވިއެވެ.

ކައުންސިލަރުން މަސައްކަތް ކުރާ ސައިޓްތަކަށް އަމިއްލަ ފުޅަށް ޒިޔާރަތްކުރައްވައި ކަންކަން ބަލައިގެން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދަމުންދާ ކަމަށް އަރީޝް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ ބައިވެރިވުން ނެތި ދެ ތިން މަޝްރޫއެއް ކުރިއަށްދާކަން ފާޙަގަކުރައްވައި އަރީޝް ވިދާޅުވީ އެ މަޝްރޫއުތަކުގެ ވާނުވާ ކައުންސިލަރުން ބަލަމުން ނުދާ ކަަމަށެވެ. އެ މަޝްރޫއު ތަކުގެ ވާނުވާ ނުބަލާތީ މަސައްކަތް ހިނގަމުންދަނީ ޗައިނާ ބޮޑުފާރަށް ވީފަދައިން އަދި ކުރީގެ ރައީސް އިބްރާޙިމް މުހައްމަަދު ސޯލިހް އަޅުއްވަން ފެއްޓެވި ތިލަމާލެ ބްރިޖަށް ވީފަދައިން ކަމށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ޕާކުތަކަކީ ކައުންސިލަރުން މަސައްކަތްކޮށްގެން ވާހަކަ ދައްކައިގެން ފާސްކޮށްގެން މަސައްކަތް ކޮށްފައިވާ ތަންތަން ކަމަށް އަރީޝް ވިދާޅުވިއެވެ.

ގަލޮޅު ޕާކަކީ ގަލޮޅަށް ނިސްބަތްވާ ކައުންސިލަރުން ސިޓީ ކައުންސިލަށް ހުށަހެޅި ކަމެއް ކަަމަށް އަރީޝް ވިދާޅުވިއެވެ. ގަލޮޅު ސިޓީ ޕާކު ނިމުނު އިރު ގަލޮޅަށް ނިސްބަތްވާ ކައުންސިލަރުންނަށް ލިބުނު އެއްވެސް ޝުކުރެއް ނެތްކަން ފާހަގަކޮށް އަރީޝް ވިދާޅުވީ އެކަމުގެ ހުރިހާ ކްރެޑިޓެއް މޭޔަރު ކާލައްވައިގެން ހުންނެވި ކަމަށެވެ.

މާފަންނު މައިޒާނަކީ ސީދާ އަރީޝްގެ ބެލުމުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލަށް އެ ޕްރޮޖެކްޓް ގެނައުމަށް ކުރި ހުރިހާ މަސައްކަތެއް ކުރެއްވީ އޭނާ ކަމަށް އަރީޝް ވިދާޅުވިއެވެ.

މާފަންނު މައިޒާނުގައި ހަދާ ބަސް ސްޓޭންޑް ތަކަކީ ވެސް މާލެ ސިޓީ ކައުންސިލަށް ޑެޕިއުޓީ މޭޔަރ އަރީޝް ގެންނެވި ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަޝްރޫއުގެ ހުރިހާ ކްރެޑިޓެއް ސޯޝަލް މީޑިއާގައި މޭޔަރު ނަންނަގާފައިވާ ކަމަށް އަރީޝް ވިދާޅުވިއެވެ.

މާލޭގެ ފެންހިންދުމަކީ މޭޔަރު އާޒިމް ކުރިކަމެއް ނޫން ކަމަށް އަރީޝް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk