logo

ލަންކާގެ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 26 ފެބްރުއަރީ 2026 - 09:19

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދޭން ނިންމައިފިއެވެ.

https://wamco.com.mv/

ކިންގްސް ހޮސްޕިޓަލާއި ދިވެހި ސަރުކާރާއި ދެމެދު ހެދުނު އެއްބަސްވުމުގެ ދަށުން، ކިންގްސް ހޮސްޕިޓަލުން އާސަންދަ މެދުވެރިކޮށް ދިވެހިންނަށް ފަރުވާ ހޯދުމުގެ މަގު މިވަނީ ހުޅުވިފައެވެ.

އާސަންދައިން ކިންގްސް ހޮސްޕިޓަލާއެކު މި އައު އެއްބަސްވުން އެކުލަވާލާފައި މިވަނީ، ސްރީލަންކާގެ ލަންކާ ހޮސްޕިޓަލަށް އާސަންދައިން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން، އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

އާސަންދަ ކުންފުނިން ލަންކާ ހޮސްޕިޓަލަށް ގާތްގަނޑަކަށް 70 މިލިއަން ލަންކާ ރުފީސް ދައްކަން އެބައޮތެވެ.

އެ ފައިސާ ދައްކާފައިނުވާތީ، ލަންކާ ހޮސްޕިޓަލުން ވަނީ އާސަންދައާއެކު އޮތް އެއްބަސްވުން އިތުރަށް އާނުކުރުމަށް ނިންމައި، ޚިދުމަތް ދިނުން ހުއްޓާލާފައެވެ.

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލުމާ ގުޅިގެން ދިވެހިންނަށް ކުރިމަތިވި ދަތިތަކަށް، ކިންގްސް ހޮސްޕިޓަލާއެކު ވެވުނު މި އައު އެއްބަސްވުމުގެ ސަބަބުން ހައްލެއް ލިބި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk