logo
ބާސެލޯނާ އާއި އިންޓަ މިއާމީ ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާ އާއި އިންޓަ މިއާމީ ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނަ އިން އިންޓަ މިއާމީ މޮޅުވިޔަނުދީ ހުއްޓުވައިފި

profile

ހަސަން ޝަމްއޫން - 08 ފެބްރުއަރީ 2026 - 05:16

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާ އިންޓަ މިއާމީ އިން އެކުއެޑޯގެ ބާސެލޯނާ އެސްސީ އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

https://wamco.com.mv/

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިއާމީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޮއާއު ޖޯޝިމާ ރޮޖާސް ލޮޕޭޒް އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިންޓަ މިއާމީގެ މެކްސިކޯ ފޯވާޑް ޖާމަން ބާރޓަރީމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޓަ މިއާމީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އިންޓަ މިއާމީއަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ޑޭވިޑް އަޔާލާއަށް ދެއްކި ރަތްކާޑާއެކުގައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ތޯމަސް މާޓިނޭޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay